ads
އިންޑިއާގައި ކޮވިޑް-19 އަށް ޓެސްޓު ކުރަނިކޮށް
ސައުތު އޭޝިއާގެ ގައުމުތަކުން މަރުވި މީހުންގެ އަދަދު 33,425 އަށް!
ކޮވިޑް ޖެހިގެން ސައުތު އޭޝިއާގެ ގައުމުތަކުން މިހާތަނަށް 33,425 މީހުން މަރު ރިޕޯޓްކޮށްފައިވާކަމަށް ދުނިޔޭގެ ރިކޯޑްތަކުން ދައްކައިފި އެވެ.

 އިންޑިއާއިން އެކަނިވެސް އިއްޔެ 48،000 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު އެގައުމު އޮތީ  ބަލިޖެހިފައިވާ އެއް މިލިއަނެއްހާ މީހުންގެ ކޮވިޑް ކޭސްއާ އެކު ދުނިޔޭގެ ބަލީގެ ހާލަތު އެންމެ ގޯސް ގައުމަތުކެގެ ލިސްޓުގެ ތިން ވަނައިގައެވެ.

ބަލިޖެހިފައިވާ މީހުންގެ ތެރެއިން 130،000 މިހުންނަކީ އިންޑިއާގެ ތިން ސްޓޭޓް އެއްކަމަށްވާ، ދިއްލި އާއި މަހަރަސްތުރާގެ އިތުރުން ތަމިލް ނާޑޫއަށް ނިސްބަތްވާ މީހުންނެވެ. މިބަލި ހާލަތު ގޯސްވެފައިވާ އިންޑިއާގެ  ދެ ސިޓީއަކީ، މުމްބާއީއާއި ޗެއްނާއީ އެވެ.

your imageމުމްބައި ސިޓީ--ފޮޓޯ އަލްޖަޒީރާ

އިންޑިއާގެ މުމްބާއި ސިޓީގެ 40 ޕަސެންޓު މީހުން ދިރިއުޅެނީ ތަރައްގީ ނުވާ ކުދިކުދި ހިސާބުތަކުގައި ކަމަށް ވާއިރު އެސަރަހައްދުން އެކަނި ވެސް ލައްކައެއްހާ މީހުން މިބައްޔަށް ޕޮޒިޓިވްވެ 6000 މީހުން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ.

ނެޝަނަލް ސެންޓަރު ފޯ ޑިސީސް ކޮންޓުރޯލުން ފާއިތުވި ހަފްތާގަ ހެދި ދިރާސާއަކުން ދައްކާގޮތުން 20 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ދިއްލީގެ 23 ޕަސެންޓް މީހުންނަށް ވަނީ ކޮވިޑް ޖެހިފައިވެއެވެ. 

ބައްޔަށް ޕޮޒިޓްވާ މީހުންގެ އަދަދު މިލިއަނަކަށް އަރާފައިވީނަމަވެސް އިންޑިއާގައި މިބަޔަށް ޓެސްޓު ކުރާ މިންވަރު މަދުކަން ފާހަގަކުރެވޭކަމަށް މީޑިއާއިން ރިޕޯޓް ކުރެއެވެ. ބިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ އިންޑިއާގައި ދުވާލެއްގެ މައްޗަށް ހަަދަނީ އެންމެ 180 ޓެސްޓު ކަމަށްވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް