ads
ފޮޓޯ: އަރަބް ނިއުސް
ގަވާއިދާ ހިލާފަށް ހައްޖުވާން އުޅުނު ބަޔަކު ހައްޔަރުކޮށްފި
ހައްޖުގެ އަޅުކަން އަދާކުރަން ގަވާއިދާއި ހިލާފަށް އެ ސަރަހައްދަށް ވަންނަން އުޅުނު 244 މީހަކު ހައްޖުގެ ސަލާމަތީ ހިދުމަތްތަކުން ހައްޔަރުކޮށްފި އެވެ.

ގަވާއިދާއި ހިލާފަށް ހައްޖުކުރާ ސަރަހައްދަށް ނުވަތުމަށް އިރުޝާދު ދެމުން ސަލާމަތީ ހިދުމަތްތަކުން ބުނީ ގަވާއިދުތައް ތަންފީޒުކުރުމުގެ ގޮތުން އެ ސަރަހައްދުގައި ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށެވެ.

ކޮވިޑާއި ގުޅިގެން އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ އަދަދު ވަނީ މަދުކޮށްފަ އެވެ. އެގޮތުން 2.5 މިލިއަނަށް ގާތްކުރާ ވަރަށް މީހުން މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެފައިވާއިރު މިއަހަރު އެ އަދަދު ވަނީ ގާތްގަނޑަކަށް 10000 މީހުންނަށް ތިރިކޮށްފަ އެވެ. 

މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ އަދަދު މަދުކޮށްފައިވާކަމަށް ސައުދީ ސަރުކާރުން ބުނެފައިވާއިރު، މި ހުއްދަ ދޫކޮށްފައިވަނީ 160 ގައުމަކަށެވެ.  

ތިން ވަރަކަށް މަސް ފަހުން އަލުން ހަރަމްފުޅު ހުޅުވިއިރު، ކޮވިޑް-19 އާއި ގުޅިގެން ގައިދުރުކަމަށް ފާހަގަޖަހައި، ސަލާމަތީ ފިޔަވަޅުތައް ވަނީ ހަރުދަނާކޮށްފަ އެވެ.

ފުރުސަތު ދިން މީހުންގެ ތެރޭގައި ފަސް ދިވެއްސަކު ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ސައުދީގައި އުޅެމުން އައި މީހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް