ads
ލިޕްސްޓިކް ޖައްސަނިކޮށް
ލިޕްސްޓިކް: ހަމައެކަނި ތުންފަތުގައި އުނގުޅާ އެއްޗެއް؟
އެކި އުމުރުފުރާގެ މީހުންގެ މެދުގައި މަޝްހޫރުވެފައިވާ ލިޕްސްޓިކްއަކީ ރީތިވުމާއި ނަލަވުމުގައި އެންމެ ބޭނުންކުރެވޭ ރީތިވާ ސާމާނެވެ.

އެކި ކުލައާއި ބްރޭންޑުތަކުގެ ލިޕްސްޓިކްތައް ހުންނަ އިރު އެއީ ހަމައެކަނި ތުންފަތުގައި ބޭނުން ކުރެވޭނެ އެއްޗެއް ނޫންކަން ދަންނަނީ ކޮން ބައެއްހެއްޔެވެ؟ ފަސް ގޮތަކަށް ލިޕްސްޓިކް ބޭނުން ކުރެވޭނެ ގޮތް ކިޔައިދޭނަމެވެ.

ލިޕްސްޓިކަކީ ކޮލުގައި އުނގުޅާ ބްލަޝްއެއްގެ ގޮތުގައިވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެގޮތުން ކޮލުގައި ކުޑަކޮށް ލިޕްސްޓިކް ކޮޅެއް އުނގުޅާ، އަތުން ބްލެންޑް ކުރާށެވެ. މިއީ ބްލަޝް އަދި ލިޕްސްޓިކް އެއް ވައްތަރު ކުރެވޭނެ ގޮތެކެވެ.

އެކި ވައްތަރުގެ ލިޕްސްޓިކްތައް ތައާރަފްވެފައިވާއިރު މިއީ ބްރޮންޒަރެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެއްކެވެ. ބްލަޝްއެއްގެ ގޮތުގައި ލިޕްސްޓިކް ބޭނުން ކުރެވޭ ފަދައިން ބްރައުން ކުލައިގެ ލިޕްސްޓިކް ބްރޮންޒަރެއްގެ ގޮތުގައި ބޭނުންކޮށް، ކޮންޓޯ ކުރުމަށް ބޭނުން ކުރެވިދާނެއެވެ.

އަނދުންގެ ގޮތުގައި ލިޕްސްޓިކް ބޭނުން ކުރެވިދާނެއެވެ. ލިކުއިޑް ލިޕްސްޓިކް ބޭނުން ކޮށްގެން އަނދުން އެޅިދާނެއެވެ. އަދި މިއީ ތަފާތު މޭކްއަޕް ލުކް އެއް ދެއްކި ވިދާނެ ކަމެކެވެ.

ލިޕްސްޓިކަކީ އައި ޝެޑޯގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެއްކަން އިނގޭ ހެއްޔެވެ؟ ކުޑަ މިންވަރަކުން ބޭނުންކޮށް، މިއީ ގިނަ އިރު ވަންދެން މޫނުމަތީގައި ހުންނަން ބޭނުން ނަމަ އައި ޝެޑޯގެ ގޮތުގައި ބޭނުންކުރުން ރަނގަޅު އެއްޗެކެވެ.

ކޮންސީލަރެއްގެ ގޮތުގައިވެސް ލިޕްސްޓިކް ބޭނުން ކުރެވިދާނެއެވެ. ރަތް ކުލައިގެ ލިޕްސްޓިކަކީ ލޮލުގެ ޑާކް ސާކަލްސް ކޮންސީލް ކުރުމަށް ބޭނުންކުރުން ރަނގަޅު އެއްޗެކެވެ. އެގޮތުން ކޮންސީލަރު ލުމުގެ ކުރިން ރަތް ލިޕްސްޓިކް ޖެއްސިދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް