11391
CONFIRMED

DEATHS
10428
RECOVERED
🌏42,148,875
INFECTED
🌏28,484,306
RECOVERED
🌏1,143,495
DEATH
🌏68%
RECOVERY RATE
މޯލްޑިވިއަންގެ ބޯޓު ރާއްޖެއަށް މުދާ ހިފައިގެން އައިސްފައި--
އިތުރު ބަޔަކު ފަރުވާއަށް އިންޑިއާއަށް ފުރައިފި
Share
ބަލި މީހުންނާ އެހީތެރިންނާއެކު ޖުމްލަ 60 މީހުން އިންޑިއާގެ ޓްރިވެންޑްރަމަށް ފުރައިފި އެވެ.
Advertisement

ކޮވިޑްއާ ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދުކޮށްފައިވާތީ އެގައުމަށް މިހާރު ދަތުރުކުރަމުންދަނީ ހާއްސަ ހުއްދައަކާއެކު އެވެ. މިއީ އެގޮތަށް އިންޑިއާއަށް ފުރި ތިންވަނަ ބެޗެވެ.

އެ ހުރިހާ ފަސިންޖަރުން އިންޑިއާއަށް ފުރާފައި ވަނީއިންޑިއާގެ ވިސާ ހަމަޖައްސާ އެ ގައުމުގެ ޕަބްލިކް ހެލްތް ގައިޑްލައިނާ އެއްގޮތަށް ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާއަކާއެކު ކަމަށް އާސަންދައިން ބުނެ އެވެ. 

އާސަންދައިން ބުނީ އިންޑިއާއިން ވެސް އެ ފަސިންޖަރުން ކޮވިޑަށް ޓެސްޓު ކުރާނެ ކަމަށާއި އަދި އެ ގައުމުގަ 14 ދުވަހުގެ ކަރަންޓީން ފުރިހަމަކޮށް ކޮވިޑަށް ޓެސްޓްކުރާނެ ކަމަށެވެ. 

މިއަދު ފުރި ބަލި މީހުންގެ ފަރުވާ ހަމަޖެހިފައިވަނީ އިންޑިއާގެ ކިމްސް ހޮސްޕިޓަލުގައި ކަމަށާއި ކަރަންޓީނުގައި ތިބޭނީ ވެސް އެ ހޮސްޕިޓަލުގައި ކަމަށް ވަނީ ބުނެފަ އެވެ. އަދި ކަރަންޓީނުގެ މުއްދަތުގައި ވެސް އެމީހުންގެ ފަރުވާކުރިއަށް ގެންދެވޭނެ ކަމަށް ބުނެ އެވެ.

އޭގެ އިތުރުން އާސަންދައިން ބުނީ މިމަހުގެ 14 ވަނަ ދުވަހު ފުރި ބެޗުން ތިން ދިވެހިން ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، ޕޮޒިޓިވްވީ މީހުންނާއި އެމީހުންގެ ކްލޯޒް ކޮންޓެކްޓުންވަނީ، އިންޑިއާގެ ހެލްތް ޕްރޮޓޮކޯލާ އެއްގޮތަށް، އެހެން ފަރާތްތަކާ ވަކިން އައިސޮލޭޓްކޮށްފައި ކަމަށާއި އެގޮތަށް އައިސޮލޭޓްކުރިޔަސް އެމީހުންގެ ހާލު ބަލާ އެސެސްކުރުމަށްފަހު އިމަޖަންސީކޮށް ދޭންޖެހޭ ފަރުވާތައް އިންޑިއާގެ ގައިޑްލައިންތަކާ އެއްގޮތަށް ދެމުން އަންނަ ކަމަށެވެ. 

އާސަންދައިން ވަނީ ހޮސްޕިޓަލާ ގުޅިގެން ބަލިމީހުންގެ ފަރުވާގެ ކަންކަން ކުރިއަށްދާގޮތް ގާތުން ބަލަމުންމުން އަންނަ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް