ads
ރައީސް ނަޝީދު--
މަޖިލީހުގައި ރެސްޓޯރަންޓް ހުޅުވުމުން ހަރަދު ކުޑަވާނެ: ނަޝީދު
މަޖިލީހުގައި ރެސްޓޯރަންޓް ހުޅުވުމާއެކު ހަރަދުތައް ކުޑަކުރެވޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ މަޖިލީހުގައި ހަދާ ޖިމާއިރެސްޓޯރަންޓަކީ، ޕަބްލިކް ޕާޓުނާޝިޕްގެ ދަށުން ކޮންޓުރެކްޓަށް ފައިނޭސްގެ އުސޫލުން ހަދާ ތަނެއް ކަމަށެވެ.

މަޖިލިސް މެމްބަރުންގެ ކޮށްތައް މިހާރު ވަރަށް ބޮޑު އެއްޗެއް ހަރަދު ކުރަން ޖެހޭކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ، ރެސްޓޯރަންޓް ގެ ސަބަބުން ބަޖެޓު ވަރަށް ބޮޑަށް ލުއި ވެގެންދާނެ ކަމަށެވެ. ނަޝީދު ވިދާޅުވީ މަޖީލީހުން މަސައްކަތް ކުރަމުން ދަނީ މަޖިލީހުގެ ހަރަދު ކުޑަކުރުމަށް ކަމަށެވެ. 

ނަޝިދު އިތުރަށް ވިދާޅުވީ އެ ރެސްޓޯރެންޓުގެ ހިދުމަތް މަޖީލީހުގެ މެމްބަރުންގެ އިތުރުން މަޖިލީހުގެ ސްޓާފުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި މަޖިލީހުގު ކުރީގެ މެންބަރުންނަށް ވެސް އެ ރެސްޓޯރަންޓް އިން ހިދުމަތް ހޯދޭނެ ކަމަށެވެ. 

ނަޝީދު ވަނީ އެކި ދާއިރާތަކުގެ މީހުންނަށް ރެސްޓޯރަންޓަށް އައިސް އެމީހުންގެ މެމްބަރުންނާއި ބައްދަލުކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް