ads
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް
ފަތުރުވެރިން ގިނައިން އަންނަނީ މިއަދު ބޯޑަރު ހުޅުވާލާފައި ބޭއްވުމުން: ނަޝީދު
ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ފަށާނީ މިއަދު ބޯޑަރު ހުޅުވާލާފައި ބާއްވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވާ ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، މިހާރު ބޯޑަރު ހުޅުވާލައިގެން ހިދުމަތްދެމުން ގެންދިއުމުން، މަޑު މަޑުން ނަމަވެސް ފަތުރުވެރިކަން ކުރިން ހުރި ހިސާބަށް ގެންދެވޭނެ ކަމަށެވެ. 

ރައީސް ނަޝީދު ވަނީ ދެވަނަ ފަހަރަކަށް ލޮކްޑައުނަކަށް ދިއުމަކީ ރާއްޖެ އަށް ރަނގަޅު ކަމެއް ނޫން ކަމަށް މިރޭގެ ބައްދަލުވުމުގައި ވެސް ވިދާޅުވެފަ އެވެ. އެގޮތުން ދެވަނަ ލޮކްޑައުނަކަށް ގޮސްފިނަމަ ވަރަށް ބޮޑުތަނުން ރައްޔިތުންނަށް ގެއްލުވެގެން ދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ މިހާރު އުޅެންވާނީ ވަރަށް ބަލައިގެން ކަމަށާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ކަމާބެހޭ އިދާރާތަކުން އަންގާ ގޮތަށް އަމަލުތައް ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ. 

އެޗްޕީއޭ އިން ކުރަމުން އެގެންދަނީ ވަރަށް މުހިންމު އަދި ބުރަ މަސައްކަތެއް ކަމަށާއި، އެ އިދާރާ އާއި އެ އިދާރާގެ ހުރިހާ މުވައްޒަފުންނާއި ޑޮކްޓަރުންނަށް އެއްބާރުލުން ދިނުމަށް އެމްޑީޕީ އޮންނާނީ ތައްޔާރަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

އެމަނިކުފާނު ވަނީ އިންޓަނޭޝަނަލް ޑިމޮކްރަޓިކް ޔޫނިއަން ގެ ބައްދަލުވުމުގައި ވެސް ރާއްޖޭގެ ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދަށް ކިހާ މުހިންމު ސިނާއަތެއްކަން ފާހަގަ ކުރައްވާ، ފަތުރުވެރިކަން އަލުން އަވަހަށް ނުފެށިއްޖެ ނަމަ އޭގެ ސަބަބުން ގައުމަށާއި ރައްޔިތުންނަށް ގިނަ ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށް ވިދާޅުވެފައި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް