ads
ކޮވިޑް-19 އަށް ވެކްސިން އުފެއްދުމަށް މަސައްކަތް ކުރަނިކޮށް
ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 2,554 މީހުން ބަލިން ރަނގަޅުވެއްޖެ
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 2,554 މީހުން ބަލިން ރަނގަޅުވެފައި ވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަދު ބަލިން ރަނގަޅުވެފައި ވަނީ ހަތް މީހުންނެވެ. 

އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 15 މީހުން ބަލީގައި މަރުވެފައި ވާއިރު، މިހާރު ބައްޔަށް ފަރުވާ ދެމުން ދަނީ 983 މީހުންނަށެވެ. 

ރާއްޖެ އިން ޖުމްލަ 3،567 މީހުން ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު، ލޮކްޑައުން އަށް ދެވުނު ލުއި ތަކާއި އެކު ބައްޔަށް ޕޮޒިޓިްވާ ދިވެހިންގެ އަދަދު އަންނަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. 

ކޮންމެ ދުވަހަކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދާއި އަޅާ ބަލާއިރު، ބަލިން ރަނގަޅުވާ މީހުންގެ އަދަދު މަދެވެ. 

ރާއްޖެ އިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ބޮޑު ބައެއް ހިއްސާ ކުރަނީ ދިވެހިންނެވެ. 

މިވަގުތު އައިސޮލޭޝަން ފެސިލިޓީ ތަކުގައި 657 މީހުން ތިބި ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އަދި މިހާތަނަށް 76937 ސާމްޕަލް ނަގާފައި ވާކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް