ads
ވިރާޓް އާއި އަނުޝްކާ--
ވިރާޓް ފުރަތަމަ ފަހަރަށް ކޭކެއް އެޅީ އަނުޝްކާއަށް!
އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއާ އާއި އޭނާގެ އަންހެނުން، އަނުޝްކާ ޝަރުމާއަކީ ބޮލީވުޑުގެ އެންމެ ލޯބި އެއް ޖޯޑެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއެއްގައި ވިރާޓް ބުނީ އޭނާގެ ދިރިއުޅުން ބަދަލުވުމުގެ އަސްލަކީ އަނބިމީހާ ކަމަށެވެ. އެގޮތުން އަނުޝްކާ ދިރިއުޅުމުގެ ބައިވެރިއަކަށް ހެދުމަކީ ލިބުނު ބޮޑު ނަސީބެއް ކަމަށް ވަނީ ބުނެފަ އެވެ.

ވިރާޓް ބުނާ ގޮތުގައި އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު އައީ އަނުޝްކާގެ ސަބަބުންނެވެ. އަދި އަނުޝްކާއާ ބައްދަލުނުވާނަމަ އޭނާގެ ދިރިއުޅުން ބަދަލު ނުވާނެ ކަމަށާއި އަދި އޭނާއަކީ އެހާ މީހުންނަށް ކަންކަން ހިއްސާކުރާ މީހަކަށް ވެސް ނުވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ވިރާޓް ބުނި ގޮތުގައި އޭނާގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ކޭކެއް އެޅީ އަނބިމީހާއަށްޓަކަ އެވެ. އެގޮތުން އަނުޝްކާގެ އުފަން ދުވަހު އޭނާ، ކޭކެއް އެޅިކަން ހިއްސާކުރި އެވެ. އަދި އަނުޝްކާއަށް ކޭކު ވަރަށް ކަމުދިޔަ ކަމަށް ވަނީ ބުނެފަ އެވެ.

ވިރާޓް އާއި އަނުޝްކާ ކައިވެނިކުރީ 2017 ވަނަ އަހަރު އިޓަލީގަ އެވެ.

ވިރާޓްއަކީ އިންޑިއާގައި މިވަގުތު ހުރި އެންމެ މަޝްހޫރު ޒުވާން ކުރިކެޓް ކުޅުންތެރިޔާ އެވެ. ކޮވިޑް-19 އާ ގުޅިގެން މުޅި އިންޑިއާ ހުއްޓުމަކަށް އައިސްފައިވާ މިދަނޑިވަޅުގައި ކުޅިވަރުތައް ވެސް އޮތީ ހުއްޓިފަ އެވެ. އަދި ފިލްމީ ދާއިރާގެ މަަސައްކަތްތައް ވެސް ހުއްޓިފަ އެވެ. 

އެހެންވެ ވިރާޓް އާއި އަނުޝްކާއަށް އެކުގައި ވަގުތު ހޭދަކުރަން ލިބިފައިވާއިރު ލޮކްޑައުނުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ އެމީހުންގެ އާއިލާއާއެކު ވަގުތު ހޭދަކުރަން ފުރުސަތު ލިބިފަ އެވެ. އަހަރުގެ ތެރޭގައި އެންމެ ބުރަކޮށް އާއިލާއާ ދުރުގައި އުޅޭ ތަރިންނަށް ވެސް ލޮކްޑައުންއާއެކު އާއިލާއާއެކު ވަގުތު ހޭދަކުރަން ވަނީ ފުރުސަތު ލިބިފަ އެވެ.

ކާމިޔާބު ގިނަ ފިލްމުތަކަކުން ފެނިގެންދިޔަ އަނުޝްކާ އެންމެ ފަހުން ފެނިގެންދިޔައީ ޝާހްރުކް ހާނާއެކު "ޒީރޯ" އިންނެވެ. އެކަމަކު ވަރަށް ފަހުން އަނުޝްކާ ވަނީ "ޕާޓަލް ލޮކް" ގެ ނަމުގައި ސީރީޒްއެއް ޕްރޮޑިއުސްކޮށްފަ އެވެ. އެމެޒަން ޕްރައިމުން ސްޓްރީމް ކުރާ މި ސީރީޒް މިހާރު ދައްކަން ފަށާފައިވާއިރު އަދި އެ ސީރީޒްއަށް ލިބެމުންދާ ތަރުހީބު ރަނގަޅެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް