ads
ކަނޑުގަަދަ ދުވަހެއްގައި ތެޔޮ ބޯޓެއް ދަތުކުރަނީ-- ފޮޓޯ: ސީއެންއެމް
ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވޭ: މެޓް
މިއަދު އިރުއޮއްސި 18:00 އާ ހަމައަށް ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ އެންމެ ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާ ގުގުރުން އެކަށީގެންވާ ކަމަށެވެ. 

އަދި އެހެން ހިސާބުތަކަށް ވިއްސާރަ އާއި އެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ. 

ހުޅަނގުދެކުނާއި ހުޅަނގުން ގަޑި އަކު 13 މޭލާއި 23 މޭލާ ދެދެމު ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑި އަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ. 

މެޓް އޮފީހުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ރާޅުގަނޑު ގައި ތިން ފޫޓާއި ހަ ފޫޓު ހުންނާނެ ކަމަށެވެ. 

މެޓް އޮފީހުން ވަނީ ކަނޑުދަތުރު ކުރާ މީހުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް