ads
ފޮޓޯ: އަރަބް ނިއުސް
ހައްޖުގެ ސަލާމަތީ ކަންކަން ބަލަން ފުރަތަމަ ފަހަރަށް އަންހެން ފުލުހުން ހަރަކާތްތެރިވަނީ!
މިއަހަރުގެ ހައްޖާއި ދިމާކޮށް ހައްޖު ސެކިއުރިޓީ ފޯސްގައި ފުރަތަމަ ފަހަރަށް ސައުދީ އަރަބިއްޔާގެ އަންހެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އަންހެނުންނަށް ސައުދީ އަސްކަރިއްޔާ އާ ގުޅުމުގެ ފުރުސަތު އެގައުމުގެ ސަރުކާރުން ހުޅުވާލާފައި ވަނީ މިދިޔަ އަހަރު އެވެ. އެއާއި އެކު މިއަހަރުގެ ހައްޖުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ހަރަކާތްތެރިވާ ފުލުުހުންގެ ތެރޭގައި އަންހެން އޮފިސަރުންނަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށް ސައުދީގެ ނޫސްތަކުން ބުނެ އެވެ. 

އެގޮތުން އަންހެނުންގެ ޕޮލިސް ޓްރެއިނިންގެ އެންމެ ފުރަތަމަ ބެޗްގެ ބައިވެރިއެއް ވަނީ ހައްޖު މޫސުމަކީ އަބަދުވެސް ވަރަށް ހަލަބޮލި ދުވަސްތަކެއް ކަމަށާއި މި މާތް ދުވަސްތަކުގައި މިފަދަ ކަމެއް ކުރުމުގެ ފުރުސަތު ލިބިގެން ދިއުން އެއީ ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށް ބުނެފަ އެވެ. 

ކޮވިޑް-19 ގެ ބަލިމަޑު ކަމާއި އެކު، އެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މި އަހަރުގެ ހައްޖު ވެގެން މިދަނީ އެހެން އަހަރުތަކާއި މުޅިން ތަފާތު ހައްޖަކަށެވެ. 

ސައުދީގެ ހެލްތު މިނިސްޓްރީގެ ހައްޖު އެންޑް އުމްރާ އެފެއާޒްގެ ޑިރެކްޓާ ޖެނެރަލް ސަރީ އަސިރީ ވިދާޅުވެފައި ވަނީ ގައިދުރުކަން ބަހައްޓަނީ އެންމެ ރަނގަޅަށްތޯ މޮނިޓާ ކުރުމުގެ ގޮތުން ހައްޖު ވެރިންގެ ކޮންމެ ގްރޫޕެއްގައި ވެސް ލީޑަރަކު ހުންނާނެ ކަމަށެވެ. އަދި ކޮންމެ ގްރޫޕެއްގައި ވެސް މެޑިކަލް އޮފިސަރެއް ހުންނާނެ ކަމަށާއި ކޮންމެ ހައްޖު ވެރިއެއްގެ ގެއަށް ގޮސް އެމީހުންގެ ސިއްހަތު ރަނގަޅަށް މޮނިޓާ ކުރި ކަމަށް ސަރީ އަސަރީ ވިދާޅުވި އެވެ. އަސަރީ ވިދަޅުވީ ކޮންމެ މީހެއް ވެސް މައްކާގައި ހުންނަ ހޮޓަލަށް އާދެވެންދެން މޮނިޓާ ކުރި ކަމަށެވެ. 

އޭގެ އިތުރުން ހުރިހާ ހައްޖުވެރިން ވެސް ކޮވިޑް-19 އަށް ވަނީ ޓެސްޓު ކޮށްފަ އެވެ. އަދި ދިމާވެދާނެ ސިއްހީ ކާރިސާތަކަށް މައްކާގެ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތައް އޮތީ ތައްޔާރަށް ކަމަށް ސައުދީ ސަރުކާރުން ފާހަގަކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް