ads
ގެފުޅު ސަރަހައްދު--
ކޮވިޑްގެ ނުރައްކަލާއެކު ވެސް ހައްޖުގެ އަޅުކަން ކުރިއަށް!
މިދިޔަ އަހަރުގެ މި ދުވަސް ވަރަށް ތަފާތެވެ. ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް މާތްވެގެންވާ ހަރަމްފުޅު ސަރަހައްދު އޮތީ ފިތިބާރުވެފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެ މިލިއަނެއްހާ މީހުން، އެމާތް ބިމަށް ޖަމާވެ، ހައްޖުވި އެވެ. އެއާއި ހިލާފަށް ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ އެކު އެމާތް ބިމުން ފެނިގެންދަނީ ތަފާތު މަންޒަރެކެވެ. އެކަމަކު ކޮވިޑްގެ މި ނުރައްކާތެރި ދަނޑިވަޅުގައި ހުއްޓުމެއް ނެތި އެ މާތް އަޅުކަން ދަނީ ކުރިއަށެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި 10000 މީހުން ބައިވެރިވެރިވަމުން އަންނައިރު އިއްޔެ ތޮވާފުކުރުމުގައި ވެސް ފެނިގެންދަނީ ގެފުޅުގެ ވަށައިގެން ވަކި ދުރުމިނެއްގައި ތިބެގެން ތޮވާފުކުރަމުންދިޔަ މަންޒަރެވެ. މާސްކް އަޅައިގެން، ފަސް ފޫޓުގެ ދުރުމިނެއްގައި ތޮވާފުކުރަމުން އައިއިރު މީގެ ކުރިން ފެނިގެންދަނީ ފިތިފިތިގެން ތޮވާފުކުރާ މަންޒަރެވެ. 

އޭގެ އިތުރުން މިފަހަރުގެ ހައްޖު ތަފާތު ވަނީ މާސްކް އެޅުން މަޖުބޫރުކޮށް، ކޮންމެ ހައްޖުވެރިއެއްގެ ހަރަކާތްތައް މޮނިޓާކުރުމަށްޓަކައި އިލެކްޓްރޯނިކް ބޭންޑެއް އަޅުވާފައިވާތީ އެވެ.

އަދި ހައްޖުވެރިންގެ ހުން ބަަލައި އެމީހުން ގެންގުޅޭ ސާމާނުތައް ވެސް ޑިސްއިންފެކްޓްކުރުމުގެ އިތުރުން، ހައްޖުވެރިން ގެފުޅުގައި އަތްލުން ވެސް ވަނީ މަނާކޮށްފަ އެވެ. މީގެ ކުރިން މީހުން ގެފުޅުގައި އަތްލާއި ބޮސްދީ ހަދަ އެވެ.

މީގެ އިތުރުން ހައްޖުގެ އަޅުކަން އަދާކުރާ މީހުންގެ ސިއްހާ ހާލަތު ބެލެހެއްޓުމަށް އެ ސަރަހައްދުތަކުގައި ޑޮކްޓަރުންގެ ޓީމުތަކުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. 

މީގެ ކުރިން ދުނިޔޭގެ އެކި ސަރަހައްދުތަކުން މީހުން އެ މާތް ބިމަށް ޖަމާވިނަމަވެސް މިފަހަރު، ހައްޖުގެ އަޅުކަން ކުރުމުގެ ފުރުސަތުދީފައި ވަނީ ސައުދީގައި އުޅޭ މީހުންނަށް އެކަންޏެވެ. 

އަރަފާތު ބިމުގައި ހައްޖުގެ އަޅުކަން މިއަދު ފުރިހަމަކުރާއިރު މި ބިރުވެރިކަމުގައި ވެސް އެ މާތް އަޅުކަން ދަނީ ކުރިއަށެވެ. 

ސައުދީ އަރަބިއްޔާގައި މިހާރު ގާތްގަނޑަކަށް ތިން ލައްކައާ ގާތްކުރާ އަދަދަކަށް މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން 2,816 މީހަކު ބަލީގައި މަރުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް