ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
ކޮންމެހެން ދާންޖެހިގެން ނޫނީ އެއާޕޯޓަށް ނުދިއުމަށް އިލްތިމާސްކޮށްފި
ކޮންމެހެން ދާންޖެހިގެން ނޫނީ އެއާޕޯޓަށް ނުދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފި އެވެ.

އެމްއޭސީއެލް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ މީހަކު ފުރުވަން ނުވަތަ ބަލާ އެއާޕޯޓަށް ދާއިރުވެސް އެންމެ މީހަކު ދިއުމަށް އިލްތިމާސްކުރާ ކަމަށެވެ. 

ކޮވިޑް-19 ގެ ބިރުވެރިކަން އަދި ފިލައިގެން ނުދާ ކަމަށާއި، މި ފިޔަވަޅުތަކަކީ އެންމެންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކެއް ކަމަށް އެމްއޭސީއެލް އިން ވަނީ ފާހަގަކޮށްފަ އެވެ. 

ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮވެފައި އަލުން ހުޅުވާލުމާއި އެކު ރައްކާތެރި ކަމުގެ ގިނަ ފިޔަވަޅުތަކެއް އެމްއޭސީއެލް އިން އަޅާފައިވާއިރު، ބޯޑަރު ހުޅުވާލުމުގެ ކުރިން ވެސް އެ ކުންފުނިން ވަނީ އެއާޕޯޓަށް މީހުން ފުރުވަން އަދި ބަލާ އެންމެ މީހެއް ދިއުމަށް އިލްތިމާސް ކޮށްފަ އެވެ. 

އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށްޓަކައި ފާހަގަތައް ކުރަހާފައިވާއިރު އެއާޕޯޓުގެ އަށް ސަރަހައްދެއްގައި ތާމަލް ކެމެރާތައް ވެސް ބަހައްޓާފައިވެ އެވެ.  

އެމްއޭސީއެލް އިން ވަނީ ނިއު ނޯމަލްގައި ފުރަންދާ މީހުން ހަތަރު ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް