ads
ގއ ދާންދޫ. ފޮޓޯ: ދާންދޫ ކައުންސިލް
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހާއަށް ހަމަލާދީ ޒަހަމްކޮށްލައިފި
ގއ. ދާންދޫގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ދާންދޫ ކައުންސިލްގެ ރައީސް އިސްމާއިލް މުހައްމަދު ވިދާޅުވީ އެރަށު މީހަކާއި އިނދެގެން ރަށުގައި އުޅޭ މެދު އުމުރުގެ މީހެއް އެރަށު ކުޑަ ކުޑަކުއްޖަކަށް ޖިންސީ ފުރައްސާރަ ކޮށްފައިވާތީ، އެކުއްޖާގެ އާއިލާ މީހެއް އޭނާއަށް ހަަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމަށެވެ.

އިސްމާއިލް ވިދާޅުވީ ޖިންސީ ފުރައްސާރަ ކުރި މީހާއަށް މިހާރު ފަރުވާ ދެވެމުން ދާމަށެވެ. އެމީހާއަށް ލިބުނު އަނިޔާގެ ސަބަބުން އެމީހާގެ ނިތްކުރި ދުޅަވެ މޫނުމަތީން ތަންކޮޅެއް ފަހަން ޖެހިފައިވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނެފައިވަނީ ދާންދޫގައި މީހަކަށް ހަމަލާދީފައިވާ ކަމުގެ މައްސަލައެއް އެއިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. އެމީހާއަށް ހަމަލާދީ އެމީހާގެ ބުމަ ފަޅާލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އިތުބާރު ހުރި މަސްދަރަކުން ސީއެންއެމްއަށް މައުލޫމާތު ލިބިފައިވާ ގޮތުން 18 އަހަރު ނުވާ އެ ކުއްޖާއަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވެނީ މެދު އުމުރުގެ މީހަކަށެވެ. އެހެންނަމަވެސް ޖިންސީ ފުރައްސާރައިގެ އިތުރުން އެކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަން ވެސް ސީއެންއެމްއަށް ވަނީ ޔަގީންވެފައެވެ. 

ދާންދޫ މީހެއް ސީއެންއެމްއަށް މިވާހަކަތައް އިތުރަށް ކިޔާދެމުން ބުނީ މި މައްސަލަ ފަޅާ އެރުމާއި އެކު ޖިންސީ ގޯނާ ކުރި މީހާއަށް އަނިޔާކުރާނެ ކަމަށް ކުރީބައިގައި އެކުއްޖާގެ އާއިލާ މެންބަރެއް ބުނެފައިވާ ކަމަށެވެ. އަދި މި އިންޒާރު އެމީހާއަށް ދީފައިވަނީ އޭނާ މަހަށް ފުރަން އުޅެނިކޮށް ކަމަށާއި އޭނާއަށް އަނިޔާކޮށްފައިވަނީ މަހުން ލަފައިގެން ގެޔަށް ދިޔަ މަގުމަތީގައި ކަމަށް އެމީހާ ބުނެއެވެ.

އެމީހާއަށް މިހާރުވެސް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެވެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް