ads
ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ވާދަވެރިންގެ ތެރެއިން ލީޑަރަކު ކަނޑައެޅޭ ގޮތް އެންގުން ބޭނުންތެރި: ނަޝީދު
ވާދަވެރިންގެ ތެރެއިން ލީޑަރަކު ކަނޑައެޅޭ ގޮތް ރައްޔިތުންނަށް އެނގުން ވަރަށް ބޭނުންތެރިކަމަށް ވެރިކަން ކުރަމުން އަންނަ މައި ޕާޓީ، އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިހުލާސްތެރި ވާދަވެރި ލީޑަރަކު ކަނޑައެޅުމަކީ ވާދަވެރިންގެ ކަމެއް ކަމަށާއި ވާދަވެރިންނަށް ވާދަވެރިންނަކީ ކޮބައިކަން އެނގި، އެ ވާދަވެރިންގެ ތެރެއިން ލީޑަރަކު ކަނޑައެޅޭ ގޮތް ރައްޔިތުންނަށް ސާފުވުން ބޭނުންތެރި ކަމަށެވެ. 

އަދި ލީޑަރު ހުންނަތަނަށް ވުރެ ލީޑަރަކު ކަނޑައެޅޭ ގޮތް އެނގުން މާމުހިއްމު ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ލީޑަރު ސާފުކޮށް، ސަރުކާރާއެކު މަޝްވަރާއަށް އިދިކޮޅުން ނިކުންނަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ. 

މިނިވަން ދުވަހު ގައުމާ މުހާތަބު ކުރައްވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް ތައްޔާރުކަމަށް ވިދާޅުވެފަ އެވެ. އަދި އިއްޔެ އިދިކޮޅުން ވެސް ވަނީ އެ މަޝްވަރާތައް ކުރަން އިދިކޮޅުން ތައްޔާރުކަމަށް ބުނެފަ އެވެ. 

އިދިކޮޅުގައި ލީޑަރަކު ނެތް މޭރުމުން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވާހަކަ ދައްކަމުން އަންނާތީ އިދިކޮޅުން އަންނަނީ ލީޑަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ވިދާޅުވެފަ އެވެ. 

އެކަމަކު އެމަނިކުފާނު މިވަގުތު ގެންދަވަނީ، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް