ads
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ -- ފޮޓޯ / ސަން
އެމްއެމްޕީއާރުސީގެ ފައިސާ އެއްވެސް ސިފައެއްގައި ލިބިފައެއް ނުވޭ: އަބްދުﷲ ދީދީ
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ފައިސާ އެއްވެސް ސިފައެއްގައި ލިބިފައި ނުވާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

އޮންލައިން ނޫހެއްގައި ލިޔެފައިވާ ހަބަރަކާއި ގުޅިގެން އެ އެއަށް ރައްދު ދެއްވާ، އަބްދުﷲ ދީދީ ވިދާޅުވީ، 2018 ވަނަ އަހަރުގެ ޖޫން 28 އިން ފެށިގެން ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނަވާފައިވާއިރު އެމްއެމްޕީއާރުސީގެ ފައިސާއެއް އެއްވެސް ސިފައެއްގައި ލިބިފައި ނުވާ ކަމަށެވެ. 

އަދި އެ ނޫހުގައިވާ ހަބަރު ދޮގުކޮށް އެއްވެސް ކަހަލަ ސާޖަރީއެއް މިހާތަނަށް ހަދާފައި ނުވާ ކަމަށް ވެސް އަބްދުﷲ ދީދީ ވިދާޅުވި އެވެ. 

ފަޅުތަކާއި ރަށްތައް ވިއްކައިގެން ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަނުން ދައުލަތަށް ހަތަރު ބިލިއަނެއްހާ ރުފިޔާ އަނބުރާ ލިބެންޖެހޭ ކަމަށް އެ މައްސަލަ ތަހުގީގުކުރަމުން އަންނަ އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެ އެވެ. އަދި އެފައިސާގެ ތެރެއިން ލިބިފައި ވަނީ 1.1 މިލިއަން ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. 

މީގެ ކުރިން ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ރާއްޖޭގެ އެންމެ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ބައެއް ފަރާތްތަކަށް ވެސް ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް