ads
އައިޖީއެމްއެޗްގެ ނަރުހުން---ފޮޓޯ:ރާއްޖެއެމްވީ
އައިޖީއެމްއެޗް ލެބް ޓެކްނިޝަނެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެ
އައިޖީއެމްއެޗްގެ ލެބް ޓެކްނީޝަނެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް، ތަސްލީމާ އުސްމާން ވަނީ އައިޖީއެމްއެޗްގެ ލެބް ޓެކްނީޝަނެއް ބައްޔަށް ޕޮޒިޓިވްވެފައި ވާކަން ކަށަވަރުކޮށްދީފަ އެވެ.

އައިޖީއެމްއެޗް އިން މީގެ ކުރިން ވެސް ވަނީ ކޮވިޑް-19 ގެ ކޭސްތަކެއް ފެނިފައެވެ.

އިއްޔެ ވަނީ 61 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ 44 ދިވެހިންނާއި ބަންގްލަދޭޝްގެ 15 މީހުންގެ އިތުރުން އިންޑިއާގެ ދެ މީހަކު ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. 

މީގެ އިތުރުން އައިޖީއެމްއެޗްގައި ފަރުވާދެމުންދިޔަ އުމުރުން 71 އަހަރުގެ އަންހެނަކު މިއަދު ވަނީ މަރުވެފައެވެ. އެޗްޕީއޭ އިން ބުނީ އެ އަންހެން މީހާއަކީ ނޭވާލާން އުނދަގޫވެގެން އައިޖީއެމްއެޗުގެ އިމަޖަންސީ ރޫމަށް މިއަދު ހެނދުނު އައި މީހެއް ކަމަށެވެ. އަދި އެމީހާއަކީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 16 ވަނަ މީހާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހިގެން 16 މީހަކު ވަނީ ނިޔާވެފައެވެ. މީގެ ތެރެއިން ބައެއް މީހުން ނިޔާވެފައި ވަނީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. އަދި ބައެއް މީހުން ނިޔާވި ފަހުން ހޮސްޕިޓަލަށް ގެންދިޔަ ފަހުން ވަނީ ނިޔާވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް