ads
ދޯންޏަކުން ފެލިވަރަށް މަސްކިރަން ތައްޔާރުވަނީ-- ފޮޓޯ: ދިވެހި މަސްވެރިން
މެއި މަހުގެ ނިޔަލަށް އެކްސްޕޯޓްކުރެވުނީ 27،000 މެޓްރިކް ޓަނުގެ މަސް
މެއި މަހުގެ ނިޔަލަށް ރާއްޖެ އިން އެކްސްޕޯޓް ކުރެވުނީ 27،000 މެޓްރިކް ޓަނުގެ މަސް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭ އިން އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ މޭ މަހުގެ ނިޔަލަށް 31,220.8 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކޮށްފައި ވާއިރު، މި އަހަރުގެ މޭ މަހު އެކްސްޕޯޓް ކޮށްފައި ވަނީ 27,342.1 މެޓްރިކް ޓަނުގެ މަހެވެ. މިއީ 12.4 އިންސައްތަ ދައް އަދަދެކެވެ. 

މެއި މަހުގެ ނިޔަލަށް މަސް އެކްސްޕޯޓް ކޮށްގެން ލިބިފައި ވަނީ 61.8 މިލިއަން ޑޮލަރު ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކަ އެވެ. 

ރާއްޖެ އިން އެކްސްޕޯޓް ކޮށްފައިވާ މަހުގެ ބޮޑު ބައެއް ހިއްސާ ކުރަނީ ރޯމަހުގެ ބާވަތްތަކެވެ. އެއީ އެކްސްޕޯޓް ކުރާ މަހުގެ 70 އިންސައްތަ އެވެ.

އޭގެ އިތުރުން، 2،600 މެޓްރިކް ޓަނުގެ ދަޅު މަސް މޭ މަހުގެ ނިޔަލަށް އެކްސްޕޯޓް ކޮށްފައި ވާއިރު، މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 27 އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން 56،000 މެޓްރިކް ޓަނު މަސް ވަނީ އެކްސްޕޯޓްކޮށްފަ އެވެ. 

ކޮވިޑް-19 އާއި އެކު ރާއްޖޭގެ މަސް އެކްސްޕޯޓް ކުރުމުގެ ވިޔަފާރިއަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައި ވާއިރު، ސަރުކާރުން ވަނީ ރާއްޖޭގެ މަސް ގަންނަ ކުންފުނިތަކަށް 100 މިލިއަން ރުފިޔާގެ ލޯނު ފެސިލިޓީއެއް ހަމަޖެއްސުމަށް ނިންމާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް