ads
ސޯނޫ ސުއޫދު
އުފަން ދުވަސް އެކަނި ހޭދަ ކުރަންޖެހުމުން ސޯނޫއަށް މިވީ ކިހިނެތް!
މުމްބާއީގައި ހޭދަކުރި ފުރަތަމަ އުފަންދުވަސް ހޭދަކޮށްފައި ވަނީ އެކަނި ކަމަށް ސޯނޫ ސުއޫދު ބުނެފި އެވެ.

ޖުލައި 30 ވަނަ ދުވަހު 47 ހަތްވަނަ އުފަންދުވަސް ފާހަގަކުރި ބޮލީވުޑްގެ ތަރި ބުނީ އޭނާ އެންމެ ފުރަތަމަ މުމްބާއީ އަށް އައިސް ފުރަތަމަ އުފަންދުވަހު އޭނާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަން މަންމަ އާއި ބައްޕަ ގުޅައި އުފަންދުވަސް އެކުގައި ހޭދަ ކުރާނެ ރަހުމަތްތެރިއަކު ހުރިތޯ ސުވާލު ކުރި ކަމަށެވެ. 

އެދުވަހު އޭނާ އެކު އޭނާގެ އުފަންދުވަސް ފާހަގަކުރާނެ މީހެއް ކައިރީގައި ނެތުމުން އެކަމާ ދެރަވެ ރޮވުނު ކަމަށާއި އެހެން ނަމަވެސް މިފަހަރު އޭނާގެ ގެއަށް އައިސް އުފަންދުވަސް ފާހަގަކުރަން ރައްޓެހިން ބޭނުން ވިޔަސް އެކަން ކުރަން ބޭނުން ނުވާ ކަމަށެވެ. ސަބަބަކީ މިދުވަސް ކޮޅަކީ ބަލި ފެތުރެމުންދާ ދުވަސްކޮޅަކަށް ވުމުން އެންމެންގެ ރައްކަލަކަށްޓަކައި އެކަން އެގޮތަށް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވާތީ ކަމަށް ސޯނޫ ބުނެއެވެ. 

ސޯނޫ ބުނީ މި އަހަރުގެ އުފަންދުވަސް އޭނާ އެކަނި ގޭގައި ހޭދަކުރަން ޖެހުނަސް އެކަނި ވެރިކަން އިހުސާސް ނުވާ ކަމަށެވެ. އެގޮތުން އޭނާގެ އުފަންދުވަސް އެކި ސަރަހައްދުތަކުން އޭނާގެ އާއިލާގެ މީހުންނާއި ރަހުމަތްތެރިން އޭނާ އާ އެކު ފާހަގަކޮށްފައި ވާކަމަށް ސޯނު ބުނެ އެވެ. 

ސޯނޫ ވަނީ އޭނާގެ އުފަންދުވަސް އޭނާ އަކު ހޭދަ ކުރަން ބޭނުންވި ކޮންމެ މީހަކާ އެކު 15 މިނިޓުގެ ވީޑިއޯ ކޯލެއްގައި ވަގުތު ހޭދަކޮށްފަ އެވެ. 

އުފަންދުވަހު އޭނާ އެންމެ ބޭނުން ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަން އަވަހަށް ނިމުމަކަށް އައިސް ހުރިހާ އެންމެންވެސް އެމީހުންގެ އާންމު ދިރިއުޅުމަށް ގޮސް އުފަލުގައި އުޅެން ކަމަށް ސޯނޫ ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް