ads
މަޖިލީހުގެ ރައީސް--- ފޮޓޯ:މަޖިލިސް ޓުވިޓަރު
ބޮޑު އީދު ހުރިހާ ބޭފުޅުންވެސް އުފަލާއެކީގައި ހޭދަ ކުރައްވާ: ނަޝީދު
ބޮޑު އީދު ހުރިހާ ބޭފުޅުންވެސް އުފަލާއެކީގައި ހޭދަ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

 ބޮޑު އީދުގެ މުނާސަބަތުގައި މަޖިލީހުގެ ރައީސް ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާ މެސެޖެއްގައި ވިދާޅުވީ، ނިމިގެންދިޔަ (2019) އަހަރު ނިމުނު އިރު އޮތް އިގްތިސާދީ ދުވެލި ހޯދޭނެ ކަމަށާއި، މި އީދު ހުރިހާ ބެފުޅުންވެސް އުފަލާއިއެކީގައި ހޭދަ ކުރައްވާ މަޖާ ކުރެއްވުމަށާއި އާއިލާއާއި، ރަހުމަތްތެރިންނާއިއެކު އުޅުއްވުމަށެވެ. ނަޝީދު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރާނީ ރާއްޖޭގެ ރައްޔިތުންގެ ލާބަޔާއި މަންފާޔަށް ކަމަށެވެ.

"އަޅުގަނޑަށް ޔަަގީން ކަށަވަރު އިރާދަކުރެއްވިއްޔާ ސަރުކާރުގެ ބުރަ މަސައްކަތުން، ދިވެހިރާއްޖެއަށް ކުރީގައި މިއޮތް، އެއީ 2019 އަހަރު ނިމުނު އިރު އޮތް، އިގްތިސާދީ ދުވެލި އަބުރާ ހޯދޭނެ. މި އީދު ހުރިހާ ބޭފުޅުންވެސް އުފަލާއިއެކު ހޭދަކުރައްވާ، މަޖާ ކުރައްވާ، އާއިލާއާއިއެކު އުޅުއްވާ، ރަހުމަތްތެރިންނާއިއެކު އުޅުއްވާ،" މަޖިލިސް ޓުވުޓާ އެކައުންޓުގައި އާންމުކުރި ވިޑިއޯ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު  ވިދާޅުވީ، މިއީދު މިބައްދަލު ކުރަނީ ރޯގާގެ އުނދަގުލުގައި ވަނިކޮށްކަމަށާއި، ރޯގާގެ ސަބަބުން އިގްތިސާދު ބަންދުވެ، ގައުމު ހުއްޓި،  ވިޔަފަރިތައް ވެސް ހުއްޓިފައިވާތީ ރާއްޖޭގެ ރައްޔިތުންނަށް ވަނީ ވަރަށް ބޮޑު އުނދަގޫތަކައި ކުރިމަތިލާން ޖެހިފައި ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، މަޖިލީސް މެންބަރުންނާއި، ސްޓާފުންގެ އިތުރުން ސަރުކާރުގެ އެންމެހާ ފަރާތްތަަކަށް އީދުގެ ތަހުނިޔާ ފޮނުވާފައެވެ.

ރައްޓެހިންނާއިއެކު ވަގުތު ހޭދަކޮށް އުފާކުރުމަށް މަޖިލީހުގެ ރައީސް އިލްތިމާސް ކުރައްވާފައި ވާއިރު ކޮވިޑް 19 އަށް މިރޭވެސް ވަނީ ރިކޯޑު އަދަދަކަށް މީހުން ޕޮޒިޓްވެފައެވެ. އަދި ސިއްހީ މާހިރުންދަނީ ގައިދުރުކަޮށް އުޅުމަށް އިލްތިމާސް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް