ads
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ-- ފޮޓޯ: ސީއެންއެމް
ހަފްތާއެއްގެ ތެރޭގައި 500 ޕޮޒިޓިވް ކޭސް!
ފާއިތުވި ހަފްތާގެ ތެރޭގައި 500 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑޮކްޓަރު ނަޒްލާ މުސްތަފާ ވަނީ ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މި އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ކަމަށެވެ. 

ހާއްސަކޮށް މާލެ ފަދަ ކުޑަ އަދި އާބާދީ ބޮޑު ތަނެއް ގައި މިގޮތަށް ކޭސްތައް އިތުރުވެގެން ދިއުމަކީ އެކަމާ މެދު ވަރަށް ވިސްނަންޖެހޭ ކަމެއް ކަމަށް ޑޮކްޓަރު ނަޒްލާ ވަނީ ވިދާޅުވެފަ އެވެ. 

ޑޮކްޓަރު ނަޒްލާ ވަނީ މާޗް ހަތް ވަނަ ދުވަހު ރާއްޖެ އިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ކޭސް އެއް ފެނި ޖުލައި 28 ވަނަ ދުވަހާއި ހަމަ އަށް 500 ކޭސް ހަމަވާން ނަގާފައިވާ މުއްދަތު ހިއްސާ ކޮށްފަ އެވެ. 

your image

އެގޮތުން ފުރަތަމަ 500 ކޭސް ހަމަވާން ނަގާފައި ވަނީ 56 ދުވަސް ކަމަށް ޑޮކްޓަރު ފާހަގަކުރެއްވި އެވެ. ދެވަނަ އަދި ތިން ވަނަ 500 ކޭސްތައް ހަމަވާން ނަގާފައި ވަނީ 13 ދުވަސް ކަމަށް ޑޮކްޓަރު ނަޒްލާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. 

އޭގެ އިތުރުން މޭ 28 ވަނަ ދުވަހުން ޖޫން 12 ވަނަ ދުވަހަށް 15 ދުވަހުގެ ތެރޭގައި އިތުރު 500 ކޭސް ފެނިފައި ވާއިރު، ޖޫން 12 ވަނަ ދުވަހުން ޖުލައި ހަތް ވަނަ ދުވަހަށް 500 ކޭސް ފެނުމަށް ނަގާފައި ވަނީ 25 ދުވަހެވެ. އަދި ޖުލައި ހަތަކުން ޖުލައި 21 އަށް 500 ކޭސް ހަމަވާން ނަގާފައި ވަނީ 14 ދުވަހެވެ. 

ފާއިތުވު ހަފްތާ، ޖުލައި 21 އިން ޖުލައި 28 އަށް އިތުރު 500 މީހުން ވަނީ ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. 

ޑޮކްޓަރު ނަޒްލާ ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ބައްޔާމެދު ސަމާލުވެ ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް