ads
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ގައުމުގެ މިނިވަންކަމުގެ ބިންގަލީ އިސްލާމްދީން: އީދު ޚުތުބާ
ގައުމުގެ ވަހުދަތާއި މިނިވަންކަމުގެ ބިންގަލީ އިސްލާމްދީން ކަމަށް އީދު ހުތުބާގައި ބުނެފި އެވެ.

މިއަދު ހެނދުނު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އީދު ނަމާދު ކޮށްފައިވަނި ހެނދުނު 07:30 ގައެވެ. އީދު ނަމާދަށް ފަހު އިއްވި އީދު ހުތުބާގައި ބުނެފައިވަނީ އީދު ފާހަގަކުރަމުން އަންނައިރު މާތް ﷲ ދެއްވި އެންމެ މަތިވެރި ނިއުމަތުގެ މަތިން ހަނދާންކުރަންޖެހޭ ކަމަށެވެ. 

މާތް ﷲ ދެއްވި އެންމެ މަތިވެރި ނިއުމަތަކީ އިސްލާމްދީންކަން ފާހަގަކޮށް އީދު ހުތުބާގައި ބުނެފައިވަނީ އެ ދީނަކީ ގައުމުގެ މިނިވަންކަމާއި ވަހުދަތުގެ ބިންގާ ކަމަށެވެ. އެެހެން ކަމުން އަގީދާ ހަރުދަނާކޮށް، ވަކިވަކިވެފައިވާ ހިތްތައް އަލުން ގުޅުވަންޖެހޭ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. 

"އެއް ބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ކުރުމާއި، މަލާމާތް ކުރުންފަދަ ވިޔާނުދާ އަމަލުތަކުން ދުރުހެލިވެ، އަހުވަންތަ ބަޔަކަށްވާންޖެހޭ،" އީދު ހުތުބާގައިވެ އެވެ.

އީދު ހުތުބާގައި ވަނީ އިސްލާމް ދީން ހިމާޔަތްކޮށް ދެމެހެއްޓުމަށް ދައުލަތުގެ ވެރިންނަށާއި، ރައްޔިތުންނަށް ގޮވާލާފައެވެ. އީދަކީ ހުރިހާ މުސްލިމުންނަށް އަންނަ މުނާސަބަތެއްކަމަށާއި، އެއްވެސް މީހަކު އެކަހެރިނުކޮށް އީދުގެ އުފަލުގައި އެންމެން ޝާމިލްކުރަން ޖެހޭ ކަމަށް ހުތުބާގައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް