ads
ފިހާރައްގެ ތެރެ
ތިންވަނަ ކުއާޓަރުގައި ވިޔަފާރިތަކުގެ ކުރިމަގު ފެންނަނީ ވަރަށް ބަނަކޮށް
މި އަހަރުގެ ތިން ވަނަ ކުއާޓާގައި ރީޓެއިލް ވިޔަފާރި ތައް ދައްވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން އާންމު ކޮށްފައިވާ މިއަހަރުގެ ދެ ވަނަ ކުއާޓަރުގެ ރިޕޯޓުގައި ވާގޮތުން ކޮވިޑް-19 ބަލިމަޑު ކަމުގެ ސަބަބުން އިގްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރު ހޯލްސޭލް އަދި ރީޓެއިލް ސިނާއަތަށް ކޮށްފައި ވާއިރު، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަށް ދައްވާނެކަމަށް ލަފާކުރެވެ އެވެ. 

ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް ދިމާވެފައިވާ ހީނަރުކަމުގެ ސަބަބުން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ވިޔަފާރިތަކުގެ ކުރިމަގު ފެންނަނީ ވަރަށް ބަނަކޮށް ކަމަށް އެމްއެމްއޭ ގެ ރިޕޯޓްގައިވަނީ ފާހަގަކޮށްފަ އެވެ. 

އެގޮތުން މި ނިމުނު ކުއާޓަރުގައި ވެސް ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ދަށަށް ގޮސްފައިވާއިރު، ކޮވިޑް-19 އިން މިކުރާ އަސަރުގެ ސަބަބުން ކުރިއަށް އޮތްތާގައި ވިޔާފާރިތައް އޮންނާނެ ގޮތްތައް ލަފާކުރަން އުދަނގޫ ކަމަށް ވެސް އެމްއެމްއޭ އިން ވަނީ ފާހަގަކޮށްފަ އެވެ. 

އެމްއެމްއޭ ގެ ރިޕޯޓްގައި ވާގޮތުން ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުގެ ދެވަނަ ކުއަޓަރުގެ ވިޔަފާރި ވަނީ 78 އިންސައްތަ ދަށްވެފައި އެވެ. ސަޕްލަޔަރުންނަށް އޯޑަރު ލިބިފައިވާ މިންވަރުވެސް 81 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް ރިޕޯޓްގައިވެ އެވެ.

ދެ ވަނަ ކުއާޓަރުގައި ވިޔަފާރިތަކުގެ މަލީ ހާލަތު އިތުރަށް ހީނަރުވެފައިކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކާ އިރު މީގެ ސަބަބުން ކުރިއަށް މިހިނގާ ކުއާޓާގައި ވިޔަފާރިތަކަށް ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް ދަތިވެފައިވާކަމަށާއި، ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކަށް މި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިޔަފާރިތަކުން ފާހަގަ ކުރާ ކަމަށް މަރުކަޒީ ބޭންކުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް