ads
ފޮޓޯ: އެމްއެންޑީއެފް--
އިންޑިއާގެ އަސްކަރިއްޔާއާ ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށައިފި
އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން ރާއްޖޭގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަލް ވިދާޅުވީ އެމްއެންޑީއެފްގެ ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ޖޮއިންޓް އޭރިއަލް ސަވައިލެންސް ޕެޓްރޯލެއް މިއަދު ފަށާފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގައި އިންޑިއާ ނޭވީގެ ޑޯނިއާ ބޯޓު ހަރަކާތްތެރިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެމްއެންޑީއެފް އާއި އިންޑިއާއާއި ނޭވީ ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ އިރު މި ދެގައުމު ގުޅިގެން ކޮންމެ އަހަރަކު ވެސް ދަނީ ތަމްރީން ޕްރޮގުރާމްތަކާއި ހާއްސަ އޮޕަރޭޝަންތައް ވެސް ދޭތެރެ ދޭތެރެއިން ހިންގަމުންނެވެ. މިއީ އިންޑިއަން ނޭވީ ގުޅިގެން ހިންގަމުން އަންނަ ޖޮއިންޓް އޭރިއަލް ސަވެއިލެންސްގެ 53 ވަނަ ޕެޓްރޯލް އެވެ. 

ސިލްސިލާކޮށް ކުރިއަށްގެންދާ މި ސަވައިލަންސް އޮޕަރޭޝަންގައި ރާއްޖޭގެ އިގްތިސޯދީ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އެއްވެސް ހަރަކާތެއް ހިނގާތޯ ބަލަ އެވެ.   

2009 ވަނަ އަހަރުން ފެށިގެން މި ސަވެއިލެންސް ފަށާފައިވަނީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ކުރަމުންދާ ޖޮއިންޓް ޕެޓްރޯލް ހަރަކާތެއްގެ ގޮތުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް