ads
އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓް
3 ވަނަ ކުއާޓާގައިވެސް ފަތުރުވެރިކަމުގެ ސިނާއަތުން ފަޅުކަން ނުފިލާނެ
މި އަހަރުގެ ތިން ވަނަ ކުއާޓާގައި ވެސް ފަތުރުވެރިކަމުގެ ސިނާއަތުން ފަޅުކަން ފިލައިގެން ދާނެ ކަމަށް ލަފާނުކުރެވޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ 2020 ވަނަ އަހަރުގެ ދެ ވަނަ ކުއަޓާގެ ކުއާޓަލީ ރިޕޯޓުގައި ވަނީ އެ ކުއާޓަރުގައި ރާއްޖޭގެ ފަތުރުވެރިކަން ކުއްލި ގޮތަކަށް ހުއްޓުމަކަށް އައިކަން ފާހަގަކޮށްފަ އެވެ. އެގޮތުން ކޮވިޑް-19ގެ ސަބަބުން އެ ސިނާއަތަށް އައި މި ހުއްޓުން ފުރަތަމަ ކުއާޓާ އާއި އަޅާބަލާއިރު ވަރަށް ބޮޑަށް ފާހަގަވެގެންދާ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ. 

ދެވަނަ ކުއާޓާގައި ފަތުރުވެރިކަމުގެ ސިނާއަތުގެ އާމްދަނީ އަދި ރިސޯޓްތަކުގެ ބުކިންތައް 100 އިންސައްތަ ދަށަށް ގޮސްފައިވާ ކަން ފާހަގަކޮށް ރިޕޯޓްގައި ބުނެފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް އެކި ސީސަންތަކުގައި ތަފާތު ބަދުލުވުން އަންނަ ކަމަށާއި އެހެން ނަމަވެސް މިފަހަރު 100 އިންސައްތައިގެ ބަދަލެއް އައިސްފައި މިވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުން ކަމަށެވެ. 

އޭގެ އިތުރުން ދެ ވަނަ ކުއާޓާގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 74 އިންސައްތަ މީހުންގެ ވަޒީފާތައް ގެއްލިގެން ގޮސްފައިވާ ކަން ވެސް އެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. ވަޒީފާތަކަށް އެއްވެސް ބަދަލެއް ނާންނަކަމަށް ރިޕޯޓް ކޮށްފައި ވަނީ އެންމެ 26 އިންސައްތަ ވިޔަފާރިތައް ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. 

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ މުސާރަ އާއި ލޭބާ ކޯސްޓް 75 އިންސައްތަ ދަށަށްގޮސްފައިވާ ކަމަށާއި މުސާރަ އާއި ލޭބާ ކޯސްޓަށް މާބޮޑު ބަދަލެއް ނާންނަ ކަމަށް ރިޕޯޓް ކޮށްފައި ވަނީ އެންމެ 20 އިންސައްތަ ވިޔަފާރިކަމަށް އެމްއެމްއޭ އިން ވަނީ ފާހަގަކޮށްފަ އެވެ. 

ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވުމާއި އެކު ފަތުރުވެރިކަމުގެ ސިނާއަތަށް ދެވަނަ ކުއާޓާ އާއި އަޅާ ބަލާއިރު، ތިން ވަނަ ކުއާޓާގައި އާމްދަނީ އިތުރުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން މާ ބޮޑު ބަދަލެއް އަންނާނެ ކަމަށް ލަފާނުކުރެވޭ ކަމަށް އެމްއެމްއޭ އިން ވަނީ ފާހަގަކޮށްފަ އެވެ. އެއީ ރާއްޖޭގެ ބޯޑަރު ހުޅުވާލި ނަމަވެސް ގިނަ ގައުމުތަކުގައި އަދިވެސް ދަތުރުފަތުރުކުރަން ލުއިތައް ދީފައި ނުވުން ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. 

އޭގެ އިތުރުން ތިން ވަނަ ކުއާޓާގައި ވަޒީފާގެ ފުރުސަތުތަކަށާއި އާމްދަނީ އަށާއި ކެޕިޓަލް ސްޕެންޑިން އަށް މާބޮޑު ބަދަލެއް އަންނާނެ ކަމަށް ލަފާނުކުރެވޭ ކަމަށް ވެސް އެމްއެމްއޭގެ ރިޕޯޓްގައި ވަނީ ބުނެފަ އެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރި އިތުރަށް ގޯސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެ ރިޕޯޓްގައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް