ads
ފޮޓޯ: އަރަބް ނިއުސް
އެއްވެސް ހައްޖާޖީއަކު ކޮވިޑަށް ޕޮޒިޓިވްއެއް ނުވޭ!
މި އަހަރުގެ ހައްޖުގައި ބައިވެރިވި ހާއްޖާޖީންގެ ތެރެއިން އެއްވެސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ނުވާ ކަމަށް ސައުދީގެ ނޫސްތަކުން ބުނެފި އެވެ.

އެ ގައުމުގެ ނޫސްތަކުން ބުނާ ގޮތުން ހުކުރު ދުވަހު ކޮވިޑް-19 ގެ 1،686 އާ ކޭސް ވަނީ ސައުދީ އިން ފެނިފަ އެވެ. އެހެން ނަމަވެސް ހުކުރު ދުވަހު އެ ގައުމުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހައްޖުގެ އަޅުކަމުގައި ބައިވެރިވި އެއްވެސް މީހެއް ނުހިމެނެ އެވެ. 

ސައުދީ އިން އަލަށް ފެނުނު ކޭސްތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ކޭސް ފެނިފައި ވަނީ މައްކާ އިންނެވެ. އެއީ 178 ކޭސް އެވެ. އެހެން ނަމަވެސް ހައްޖަށް ދިޔަ އެއްވެސް މީހަކު ޕޮޒިޓިވްވި ކަމަށް މިހާތަނަށް ރިޕޯޓް ކޮށްފައި ނުވާއިރު، ސައުދީ ސަރުކާރުން ވަނީ މިއަހަރުގެ ހައްޖަކީ ރައްކާތެރި ހައްޖަކަށް ހެދުމުގެ ގޮތުން ރައްކާތެރި ކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. 

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ސައުދީ އިން ކޮވިޑް-19 ޖެހުނު 24 މީހުން މަރުވެ އެގައުމުން ކޮވިޑް-19 ގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 2،866 އަށް އަރާފަ އެވެ. އަދި ބަލިޖެހުނު މީހުންގެ ތެރެއިން އިތުރުން 4,460 މީހުން ބަލިން ރަނގަޅުވުމާއި އެކު ސައުދީ އިން ކޮވިޑް-19 އަށް ފަރުވާ ހޯދުމަށް ފަހު ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 235,658 އަށް އަރާފަ އެވެ. 

ސައުދީ އިން މިހާތަނަށް 275,905 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް