ads
އިންޑިއާގެ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ހެލްތު ވޯކަރުން
ކަރަންޓީނުގައި ތިއްބަސް ހެލްތު ވޯކަރުން މުސާރަ ދޭންޖެހޭ ގޮތަށް ކަނޑައަޅައިފި
ހެލްތު ވޯކަރުން ކަރަންޓީނުވިޔަސް އެމީހުން ދަނީ ޗުއްޓީއަށް ނޫންކަމަށާއި، ބަރާބަރަށް މުސާރަ ދޭން ޖެހޭނެކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

ސްޕްރީމް ކޯޓުން އެ އަމުރު ނެރެފައި މިވަނީ ކޮވިޑް-19 ގެ ބަލި މަޑުކަމުގައި އިންޑިއާގެ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ހެލްތު ވޯކަރުންނަށާއި ޑަކްޓަރުންނަށް މުސާރަ ނުދިނުމާއި، މުސާރަ ދިނުމުގައި އެޒުރު ދައްކާ ލަސްކުރަމުންދާކަމުގެ މައްސަލަ، ޑޮކޮޓަރުންތަކެއް އެކޯޓަށް ހުށަހަޅުމުގެ ސަބަބުންނެވެ.

އިންޑިއާގެ ސިއްހީ ފަރުވާދޭ ހޮސްޕިޓަލްތަކުގައި މަަސައްކަތް ކުރާ މީހުން ކަރަންޓީނުގައި ހުންނަ ދުވަސްކޮޅު ވެސް މުސާރަ ހަމަޔަށް ނުދޭކަމަށާއި، އެމީހުން ތިބީ ލީވްގައި ކަމަށް ބަލައި މުސާރަ އުނިކުރާކަމަށްވެސް ޑޮކްޓަރުން ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.

އިންޑިއާގެ ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި 24 ގަޑިއިރުތެރޭ އެފަރާތްތަކަށް މުސާރަ ދިނުމަށް އަމުރުކޮށްފައިވެ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނާއި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން ބުރަކޮށް މަސައްކަތްކުރާ ހެލްތު ވޯކަރިންނާއި ޑޮކްޓަރުންނަށް އެއްވެސް ވަރަކަށް މުސާރަ ނުދެ އެެވެ. އަދި އެފަދަ ފަރާތްތަކަށް މުސާރަ ދިނުމުގައި ލަސްތަކެއް ވާކަމަށާއި މުސާރަ ނޫދޭން އެޒުރުތައް ދައްކާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.

މުސާރަ ނުދޭ އިންޑިއާގެ ބައެއް ސްޓޭޓް ތަކަކީ މަހަރަޝްތްރާ އާއި ޕަންޖާބް އަދި ޓްރިޕްރާ ގެ އިތުރުން ކަރްނާޓަކާއެވެ. މި ސްޓޭޓް ތަކުގެ ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނާއި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން ބުރަކޮށް މަސައްކަތްކުރާ ހެލްތު ވޯކަރުންނާއި ޑޮކްޓަރުންނަށް 24 ގަޑިއިރު ތެރޭ މުސާރަ ދިނުމަށް އަމުރުގައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް