ads
ކިމްސް ހޮޮސްޕިޓަލް
އިންޑިއާގެ ކިމްސް ހޮސްޕިޓަލަށް ދިޔަ 28 ދިވެހިން ނެގަޓިވް
ޖުލައި 29 ވަނަ ދުވަހު އިންޑިއާ އަށް ބޭސްފަރުވާ އަށް ދިޔަ 28 މީހުންވެސް ނެގަޓިވް ކަމަށް އާސަންދައިން ބުނެފި އެވެ.

އާސަންދައިން ބުނީ އެމީހުން ބައްޔަށް ނެގަޓިވްވުމާއި އެކު އެމީހުންގެ ފަރުވާގެ ކަންތައް މިހާރު ފަށާފައި ވާކަމަށެވެ. 

ކޮވިޑް-19 ގެ މިހާލަތުގައި ވެސް އިތުރު ފަރުވާ އަށް ބޭރަށް ދާން ޖެހޭ މީހުން އިންޑިިއާ އަށް ފޮނުވުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އަންނަ އިރު، 29 ވަނަ ދުވަހު ފުރި 28 މީހުންނަކީ މިގޮތަށް އިންޑިއާ އަށް ފޮނުވި ތިން ވަނަ ބެޗެވެ. 

އެ ބެޗުގައި، ބޭސް ފަރުވާ އަށް ދިޔަ އެ 28 މީހުންނާއި އެކު އެމީހުންގެ އެހީތެރިން ހިމެނޭހެން ޖުމްލަ 60 މީހުންވަނީ އިންޑިއާއަށް ގޮސްފަ އެވެ. މިހުރިހާ އެންމެން ވެސް ގޮސްފައި ވަނީ އިންޑިއާގެ ކިމްސް ހޮސްޕިޓަލަށެވެ. 

އެ މީހުން އިންޑިއާއަށް ގޮސް ކޮވިޑް-19 އަށް ޓެސްޓު ކޮށްފައި ވާއިރު، އެ މީހުންނަށް އިންޑިއާ އަށް ދިއުމުގެ ފުރުސަތު ދީފައި ވަނީ ރާއްޖެ އިން އެމީހުން ކޮވިޑް-19 އަށް ޓެސްޓުކޮށް ބައްޔަށް ނެގަޓިވް ވުމުންނެވެ. 

މިމަހުގެ 14 ވަނަ ދުވަހު ފުރި ބެޗުން ތިން ދިވެހިން ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، ޕޮޒިޓިވްވީ މީހުންނާއި އެމީހުންގެ ކްލޯޒް ކޮންޓެކްޓުންވަނީ، އިންޑިއާގެ ހެލްތް ޕްރޮޓޮކޯލާ އެއްގޮތަށް، އެހެން ފަރާތްތަކާ ވަކިން އައިސޮލޭޓްކޮށްފައި ކަމަށާއި އެގޮތަށް އައިސޮލޭޓްކުރިޔަސް އެމީހުންގެ ހާލު ބަލާ އެސެސްކުރުމަށްފަހު އިމަޖަންސީކޮށް ދޭންޖެހޭ ފަރުވާތައް އިންޑިއާގެ ގައިޑްލައިންތަކާ އެއްގޮތަށް ދެމުން އަންނަ ކަމަށް އާސަންދަ އިން ވަނީ ބުނެފަ އެވެ. މި ބެޗުގައި 59 ބަލި މީހުން ވަނީ އިންޑިއާ އަށް ގޮސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް