ads
ތައިމޫރް އަލީ ހާން--
ތައިމޫރުގެ ވީޑިއޯ ބަލާފައި ހިނިތުންނުވެ ނުހުރެވޭނެ
ކަރީނާ ކަޕޫރު ހާން އާއި ސައިފް އަލީ ހާންގެ ދަރިފުޅު ތައިމޫރް އަލީ ހާންގެ ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ބަލާފައި ހިނިތުންނުވެ ހަމަ އެއްވެސް މީހަކަށް ނުހުރެވޭނެ އެވެ.

ތައިމޫރުގެ މަންމަ އާއި ބައްޕަގެ ފޭން ބޭސްގެ ގިނަ މީހުންނަކީ މިހާރު ތައިމޫރްގެ ވެސް ފޭނުންނެވެ. 

އޭނާގެ ފޮޓޯ އެއް ނުވަތަ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެނަމަ އެ ފޮޓޯއަކަށް ނުވަތަ ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓެއެވެ. 

ކަރީނާ އިންސްޓަގްރާމް އެކައުންޓެއް ހުޅުވުމާއި އެކު އޭނާ ދަނީ ގިނަ ކަންތައްތަކެއް އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާ ހިއްސާ ކުރަމުންނެވެ. އެގޮތުން ލޮކްޑައުންގެ ދުވަސް ވަރު އޭނާ ގޭގައި ތިބެގެން ކުރާ ގިނަ ކަންތައްތައް ކަރީނާ ދަނީ ފޭނުންނާ ހިއްސާ ކުރަމުންނެވެ. 

ކަރީނާގެ އިންސްޓަގްރާމް އެކައުންޓަށް ފޮލޯ ކުރާ ކޮންމެ މީހަކަށް ވެސް ވާނީ ތައިމޫރު ލޯބި ވީޑިއޯ އެއް ނޫނީ ފޮޓޯ އެއް ފެނިފަ އެވެ. 

އީޓައިމްސް އިން ވަނީ މިގޮތަށް ސޯޝަލް މީޑިއާގައި މީގެ ދުވަސް ކޮޅެއް ކުރިން އާންމުވި ތައިމޫރުގެ ވީޑިއޯ އެއް އަނެއްކާ އަލުން އިންސްޓަގްރާމްގައި ޝެއާ ކޮށްފަ އެވެ. 

މި ވީޑިއޯއަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި ވާއިރު، 12 ގަޑި އިރުގެ ތެރޭގައި 20 ހާހަށް ވުރެ ގިނަ ވިއުސް ވަނީ އެ ވީޑިއޯ އަށް ލިބިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް