4769
CONFIRMED

DEATHS
2755
RECOVERED
🌏19,261,031
INFECTED
🌏11,669,922
RECOVERED
🌏718,425
DEATH
🌏61%
RECOVERY RATE
ރިތިކްގެ "ސުޕާ 30" ނެދަލޭންޑްސް އަށް
Share
ރިތިކް ރޯޝަންގެ ސުޕާހިޓް ފިލްމު، "ސުޕާ 30" ނެދަލޭންޑްސްގެ ސިނަމާތަކުގައި އަޅުވަން ނިންމައިފި އެވެ.
Advertisement

ހަބަރުތައް ބުނާ ގޮތުން ޑަޗް ސަބްޓައިޓަލްސް އާއި އެކު ނެދަލޭންޑްސްގެ ސިނަމާތަކުގައި އެ ފިލްމު އަޅުވަން ހަމަޖެހިފައި ވަނީ އޮގަސްޓް ހަ ވަނަ ދުވަހު އެވެ. 

ސުޕާ 30 އަކީ އިންޑިއާގެ އެންމެ މުއްސަނދި ކުދިންނަށް ކިޔަވަދޭ ސްކޫލެއްގައި މަސައްކަތް އަދާކުރަމުން ދިޔަ އަނަންދު ކުމާރު އެ ސްކޫލްގެ ވަޒީފާ ދޫކޮށް، ސްކޫލަށް ދިއުމުގެ ތަނަވަސްކަން ނެތް ކުދިންނަށް ކިޔަވައިދޭން ދިޔަ ވާހަކަ ދައްކުވައިދޭ ފިލްމެކެވެ. 

އަނަންދު ގެ ރޯލުން ރިތިކް ފެނިގެންދާ އިރު، އަނަންދަކީ މެތަމެޓީޝަން އެކެވެ. 

your imageޑަޗް އިން ލިޔެފައިވާ ސުޕާ 30 ގެ ޕޯސްޓަރެއް

މި ފިލްމުން ރިތިކްގެ އިތުރުން މުރްނާލް ތާކޫރް އާއި ނަންދީޝް ސަންދޫ ވެސް މުހިންމު ރޯލުތަކުން ފެނިގެންދެ އެވެ. 

ވިކާސް ބާލް ޑައިރެކްޓް ކޮށްފައިވާ މި ފިލްމު އިންޑިއާ ގައި ރިލީސް ކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޖުލައި 12 ވަނަ ދުވަހު އެވެ.

ކާމިޔާބު ގިނަ ފިލްމުތަކަކުން ރިތިކް ފެނިގެން ގޮސްފައި ވާއިރު، އެންމެ ފަހުން އޭނާ ފެނިގެން ގޮސްފައި ވަނީ "ވޯ" އިންނެވެ. މި ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބިގެންދިޔަ ފިލްމެކެވެ. އޭގެ އިތުރުން ވެސް ރިތިކް ވަނީ ކޮއި މިލް ގަޔާ އާއި ކަހޯނާ ފިޔާރު ހޭ އަދި ޒިންދަގީ ނާމިލޭންގީ ދޮބާރާ އިން ވެސް ފެނިގެންގޮސްފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް