ads
ފޮޓޯ:--
ރަނގަޅަށް ފެން ނުބޯނަމަ ލިބޭ ގެއްލުން މާބޮޑުން
ފެނަކީ އިންސާނާގެ ހަށިގަނޑަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި އެންމެ މުހިންމު އެއް މާއްދާއަކީ ވެސް ފެނެވެ. ފެނާ ނުލައި އިންސާނާއަށް ދިރި ދުނިޔޭގައި ހުރުމަކީ މުސްތަހީލު ކަމެކެވެ. ހަމަ އެހެންމެ ހަށިގަނޑަށް ބޭނުންވާވަރަށް ފެން ނުލިބޭނަމަ، އެކަމުގެ ސަބަބުން ޖިސްމާނީގޮތުންނާއި ނަފުސާނީ ގޮތުން އެތައް ބޮޑެތި ގެއްލުންތަކެއްވެސް ލިބެއެވެ. އެހެންނަމަވެސް ފެން ބުއިމުގެ އާދަ އަށަގެންފައި ނެތުމުގެ ސަބަބުން، ނުވަތަ ފަރުވާކުޑަ ވުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާވަރަށް ފެން ނުބޮވި ތިބެވޭތަން އާދެއެވެ. މިކަމުގެ ސަބަބުން އުމުރުން ދުވަސްވަމުން ދިޔަވަރަކަށް ސިއްހީ މައްސަލަތައް ކުރިމަތިވަމުން އާދެއެވެ.

ކޮންމެ ދުވަހަކުވެސް މަދުވެގެން އަށް ތަށި ފެން ބުއިމަކީ ވަރަށް މުހިއްމު ކަމެކެވެ. ސަބަބަކީ އިންސާނާ ދުޔަހެޔޮ ސިއްހަތެއްގައި ހުރުމަށް އެންމެ ބޮޑު ދައުރެއް އަދާ ކުރާ އެކައްޗަކީ ފެން ކަމަށް ވާތީ އެވެ.

އެގޮތުން ހަށިގަނޑުން ފެން މަދުވެއްޖެނަމަ، ހަށިގަނޑުގައިވާ އެހެނިހެން ގުނަވަންތަކުގެ މަސައްކަތަށް ބުރޫ އަރަ އެވެ. ނަތީޖާއެއްގެ ގޮތުން ހީވެސް ނުކުރާފަދަ ސިއްހީ ނުރައްކާތަކާއި ކުރިމަތިލާން ޖެހެ އެވެ.

ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުން ފެންބުއިމަކީ ހަމަ އާދައިގެ ކަމެއް ކަމަށެވެ. ނަމަވެސް އެއީ އެހެން އޮންނަ ކަމެއް ނޫނެވެ. ފެންބޮވެނީ ކިހިނެއްކަން ކޮން ވަގުތުތަކެއްގައި ކިހާ މިންވަރަކަށް ކަން އެނގެން ޖެހެ އެވެ. އަދި ފެންބުއިމުގައި ވަކި އުސޫލުތަކެއް ގެންގުޅުމަކީ މުހިންމު ކަމެކެވެ.  

  • ކޮންމެ ދުވަހަކު އަށް ތަށި ފެން ބުއިން

ކޮންމެ ދުވަހަކު އަށްތަށި ފެންބުއިމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ނަމަވެސް ފެން ބުއިމުގެ މިންގަނޑަކީ މީހާގެ ހަށިގަނޑުގެ ސައިޒަށް ބަލައި ކަނޑައަޅަން ޖެހޭ ކަމެކެވެ. ބުރަ މަސައްކަތެއްގައި ނޫޅޭ ނަމަ އެންމެ ރަނގަޅު ގޮތަކީ ދެގަޑިން ދެގަޑިން ފެން ބުއިމެވެ. ކޮންމެ ފަހަރަކުވެސް އެއްތަށި ފެން ބުއިން ރަނގަޅުވާނެ އެވެ. 

  • ބަނޑު ފުރެންދެން ފެން ބުއިން

މާބޮޑަށް ބަރުދަން އިތުރުވެ ފަލަވާ ނަމަ ގިނައިން ފެންބޮއިގެން ބަނޑު ފުރާލުމަކީ އާންމުކޮށް މީހުން ކުރާ ކަމެކެވެ. ނަމަވެސް އެއްފަހަރާއި ބަނޑު ފުރޭވަރަށް ފެންބުއިމަކީ ހަށިގަނޑަށް ގެއްލުން ހުރި ކަމެކެވެ. އެހެންކަމުން ފެންބޯންވާނީ ފުދޭ މިންވަރަށެވެ. އަދި އެއީ ހަށިގަނޑަށް ބޭނުންވާ ކާނާވެސް ކެއުމަށް ފަހު އެވެ.

  • ކަމުން ފެން ބުއިން

ކާވަގުތު އެހާގިނައިން ފެންބުއިމަކީ އަދި ހާއްސަކޮށް ފިނިފެން ބުއިމަކީ ރަނގަޅުކަމެއް ނޫނެވެ. ނަމަވެސް ކާވަގުތު ވެސް ފެން ބޮވިދާނެ އެވެ. އެންމެ ގިނަ ވެގެންވެސް 150 މިލިލިޓަރުގެ ފެން ބުއިމަށް ސިއްހީ މާހިރުން ލަފާދެއްވަ އެވެ. އޭރުން ކާއެޗެހި ދިރުވުމަށް އެހީއަކަށް ވާނެ އެވެ. ނަމަވެސް މާގިނައިން ފެންބުއިމުން ނުކެވޭގޮތް ދިމާވެ މާ އަވަހަށް ބަނޑު ފުރޭނެ އެވެ.

  • ނިދުމުގެ ކުރިން މާގިނައިން ފެން ނުބުއިން

ނިދުމުގެ ކުރިން މާގިނައިން ފެންބުއިމަކީ ނިދުމަށް އުނދަގޫވާނެ ކަމެކެެވެ. އެގޮތުން މާގިނައިން ކުޑަކަމުދާގޮތް ދިމާވުމުން ހަމަނިދި ނުލިބުން ފަދަ ކަންކަން ދިމާވެ އެވެ. އެހެންކަމުން ނިދުމުގެ ކުރިންވެސް މާގިނައިން ފެން ބުއިމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެއްތަށިފެން ބޯލާށެވެ. އޭރުން ސްޓްރޯކް ޖެހުމާއި ހިތުގެ ބަލިން ވެސް ދިފާއުވުމަށް އެހީއަކަށްވާނެ އެވެ.

ހަށިގަނޑުން ފެން މަދުވެއްޖެނަމަ ވަރަށް ގިނަގުނަ ސިއްހީ މައްސަލަތައް ކުރިމަތިވެ އެވެ. އޭގެތެރޭގައި ކިޑްނީގެ މައްސަލަތައް ކުރިމަތިވުމާއި، ހަޖަމުގެކުރުމުގެ ނިޒާމަށް ބުރޫ އެރުމާއި، ކުޑަކަމުދާ ނިޒާމުގެ ބަލިތައް ޖެހުން ހިމެނެއެވެ. މީގެ އިތުރުން ބޮލުގައި ރިއްސުމާއި، ގޮހޮރުގެ ތަފާތު ބަލިތައް ޖެހުމާއި، ބަނޑު ހިކުމަކީ ވެސް މިކަމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކެވެ. ހަމައެހެންމެ ހަށިގަނޑުގެ އެތެރޭގެ ހަރަކާތްތަކަށް ބުރޫއަރައި، ފެނުގެ އެހީއާއެކު ހަށިގަނޑުން ބޭރުވާން ޖެހޭ މާއްދާތައް ބޭރުވާ މިންވަރު މަދުވެ، އޭގެސަބަބުން ހަށިގަނޑު ވިހަވާގޮތް ވުމަކީވެސް ކުރިމަތިވެފައި ހުރި މައްސަލަތަކެވެ. 

ހަށިގަނޑުން ފެން މަދުވުމަކީ ބަނޑުހައިކަމުގެ އިހުސާސް ވެސް އަވަސް އަވަހަށް ކުރުވާ ކަމެކެވެ. ކިތަންމެ ގިނައިން ކެއި ނަމަވެސް އެކަށީގެންވާ މިންވަރަށް ފެން ނުބޮވޭނަމަ ބަނޑުހައިކަން އިހުސާސު ވާނެ އެވެ.

އެހެންކަމުން، ބަނޑުހައިވާ ކޮންމެ ފަހަރަކު ފެންތައްޓެއް ބޯލާށެވެ. އޭރުން ހަގީގަތުގައިވެސް ބަނޑުހައިވަނީތޯ ނޫނީ ފެންބޮވަނީތޯ އިނގޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް