ads
ސެނިޓައިޒާ ބޮއިގެން 10 މީހުން އިންޑިއާގައި މަރުވެއްޖެ
އަވަށްޓެރި އިންޑިއާގައި ސެނިޓައިޒާ ބޮއެގެން ދިހަ މީހަކު މަރުވެއްޖެ އެވެ.

ދުނިޔޭގެ ޗާޓުން ތިންވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހިފައިވާ ގައުމު ކަމަށްވާ އިންޑިއާގެ އަންދުރަ ޕްރަދޭޝް އަވަށް ލޮކްޑައުން ކޮށްފައިވާއިރު އެ ސަރަހައްދުގައި ދިރިއުޅޭ 10 މީހުން ވަނީ އަލްކޮހޯލް ހުރި ހޭންޑް ސެނިޓައިޒާ ބޮއެގެން މަރުވެފަ އެވެ. 

އިންޑިއާގެ ނޫހެއްގައި ބުނެފައި ވަނީ މި މީހުން މަރުވީ ފެނާ، ފިޒީ ޑްރިންކްސްއާ ސެނިޓައިޒާއާއި އެއްކޮށްގެން ބުއިމުގެ ސަބަބުން ކަމަށެވެ. އަދި އެ މީހުންނަކީ ރަލަށް ދެވި ހިފާފައިވާ ބައެއް ކަމަށާއި، އެ މީހުން ހޭންޑް ސެނިޓައިޒާ ބޯން ފަށާފައިވަނީ މަރުވުމުގެ 10 ވަރަކަށް ދުވަސް ކުރިން ކަަމަށްވެސް ބުނެފައިވެ އެވެ. 

ފާއިތުވި މަސްތަކުގައި އިންޑިއާގެމި ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ ކޭސްތައް ފެނިފައިވާ އަދަދު އަންނަނީ މަހަކަށް ވުރެ މަހެއް އިތުރު ވަމުންނެވެ. އެގޮތުން ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މަހެއްހާ ދުވަހުގެ ތެރޭގައި އެ ސަރަހައްދުން ކޮވިޑް ކޭސްތައް ރިޕޯޓް ކުރި މިންވަރު ވަނީ ނުވަ ގުނަ އިތުރުވެފައެވެ.

އިންޑިއާގައި ކޮވިިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ވަނީ މިލިއަނަކަށް ވުރެ މައްޗަށް އަރާފައެވެ. އެގޮތުން އިންޑިއާއިން ޖުމްލަ 1.7 މިލިއަން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު 564،856 މީހުންނަށް އަންނަނީ މިހާރު ފަރުވާ ދެވެމުންނެވެ. މިބަލީގައި މިހާތަނަށް އިންޑިއާއިން 36،551 މީހަކު މަރުވެފައި ވާއިރު ބަލި ޖެހުނު މީހުންގެ ތެރެއިން 1,095,647 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް