ads
މާސްކް ނާޅާ އުޅޭނަމަ މިއަދުން ފެށިގެން ޖުރިމަނާ ކުރާނެ!
މިއަދުން ފެށިގެން މަގުމަތީގައި މާސްކް ނާޅާ އުޅޭނަމަ ޖުރިމަނާ ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މިއަދުން ފެށިގެން ވަކިގޮތެއް އަންގަންދެން ފިޔަވަޅުތަކެއް އެޅުމަށް އެ އިދާރާއިން ނިންމާފައިވާކަމަށެވެ. 

އެގޮތުން ގެއިން ބޭރުގައި އުޅޭއިރު އަނގައާއި ނޭފަތާއި ދަތްދޮޅި ނިވައިވާގޮތަށް މާސްކް އަޅަންޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ. 

މީގެތެރެއިން އިސްތިސްނާވާ ފަރާތްތަކަކީ އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި، ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތު ކުރުމަށް އެޅޭ ވަގުތުގެ އިތުރުން އެހެން މީހެއްގެ އެހީއާނުލައި މާސްކު އަޅައި މާސްކު ނުނެގޭ މީހުނެވެ. 

އެޗްޕީއޭގެ މި ނިންމުމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މިއަދުން ފެށިގެން އެޗްޕީއޭގެ މިގައިޑްލައިން ތަންފީޒު ކުރާނެ ކަމަށެވެ. 

މާސްކް އަޅަން މަޖުބޫރުކުރުމާއެކު މާސްކް ނާޅާއި އާންމު ތަންތަނުގައި އުޅޭ މީހުން 1000 ރުފިޔާއިން ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ވެސް ވަނީ ހާމަކޮށްފަ އެވެ. 

މީގެ އިތުރުން ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 5:00 އަށް ބޭރުގައި އުޅުމަކީ މަނާކަމެއް ނަމަވެސް އެވަގުތުތަކުގައި ވެސް މީހުން ބޭރުގައި އުޅެމުންދާ ކަމަށާއި އެހެންކަމުން މީގެ ފަހުން އެ ހަރަކާތްތައް ވެސް ތަންކޮޅެއް ބޮޑަށް ބަލަން ނިންމާފައިވާ ކަމަށް އެޗްއީއޯސިން މައުލޫމާތު ދިފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް