ads
ދިރާގުގެ ހެޑް އޮފީސް
އިތުރު ހަރަދަކާނުލައި 20 އާއި 65 އިންސައްތަ އާ ހަމައަށް އިތުރު ޑޭޓާ ދިރާގުން ދެނީ
ދިރާގުން ފޯރުކޮށްދެމުން އަންނަ ހޯމް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހު، އިތުރު ހަރަދަކާނުލައި 20 އިންސައްތަ އާއި 65 އިންސައްތަ އާ ހަމައަށް އިތުރު ޑޭޓާ ލިބިގެންދާނެކަމަށް ދިރާގުން ބުނެފި އެވެ

ދިރާގުން ބުނީ އިތުރު ހަރަދަކާނުލައި އިތުރު ޑޭޓާ ލިބިގެން ދަނީ ހޯމް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ގެނެވުނު ބަދަލުގެ ސަބަބުން ކަމަށެވެ. އަދި އިތުރު ޑޭޓާގެ އިތުރުން ސްޕީޑަށް ވެސް ހެޔޮ ބަދަލެއް ގެނެސްފައިވަނީ އިތުރު ހަަރަދަކާއި ނުލާ ކަމަށެވެ. 

ދިރާގުން ވަނީ މި އަޕްގްރޭޑް ތައާރަފުކޮށްފައި މިވަނީ ޑިޖިޓަލް ޓެކްނޮލޮޖީ ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދުވަސްވަރެއްގައި ކަމަށާއި ވަކިން ހާއްސަކޮށް އިންޓަނެޓަށް ނުހަނު ބޮޑަށް ބަރޯސާވާން ޖެހިފައިވާ ދުވަސްކޮޅެއްގައި ކަމަށް ފާހަގަކޮށްފަ އެވެ. 

ކަސްޓަމަރުން އިންޓަނެޓް ބޭނުން ކުރާ މިންވަރަށް ބޮޑެތި ބަދަލުތަކެއް އައުމާއި އެކު، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް އެކުންފުނިން ވިސްނިކަމަށް ދިރާގުން ބުނެ އެވެ. އެހެންކަމުން ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި ހޯމް ފައިބާ އިންޓަނެޓް ޕެކޭޖަތަކުން އިތުރު ޑޭޓާ އަދި ސްޕީޑް ލިބޭނެ ގޮތަކަށް ޕެކޭޖްތައް އަލުން ފަރުމާ ކުރުމަށް އެކުންފުނިން ނިންމީ ކަމަށް ދިރާގުން ބުނެ އެވެ. 

ޕެކޭޖްތަކުގެ އަޕްގްރޭޑްތަކާއެކު ކަސްޓަމަރުންނަށް 20 އިންސައްތަ އާއި 65 އިންސައްތަ އާއި ދެމެދުގެ އިތުރު ޑޭޓާ ލިބިގެން ދާނެ ކަމަށް ދިރާގުން ބުނެ އެވެ. އަދި މި އަޕްގްރޭޑް އާއި އެކު ފައިބާ ޕެކޭޖްތަކުގެ ސްޕީޑްވެސް އަވަސްވެގެން ދާނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނީ ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑްގެ ހުރިހާ ޕެކޭޖްތަކެއްގެ އަޕްގްރޭޑް އޮގަސްޓް މަހުގެ ފުރަތަމަ ހަފުތާގައި ނިމޭނެ ކަމަށެވެ. 

ދިރާގުގެ ޗީފް މާކެޓިން އޮފިސާ މަހުމޫދު ދައްސަރު ވިދާޅުވީ ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް މި ގެނައި ބަދަލަކީ ދިރާގުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ހައި ސްޕީޑް އިންޓަނެޓް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ގެނެވުނު ބަދަލެއް ކަމަށެވެ. މި ބަދަލާއި އެކު އިންޓަނެޓް މަހު ފީ އިން 21 އިންސައްތަ އާއި 40 އިންސައްތަ އާއި ދެމެދުގެ ލުޔެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ވެސް މަހުމޫދު ވަނީ ވިދާޅުވެފައި އެވެ. 

އެހެންކަމުން ޑިޖިޓަލްކޮށް ކިޔަވާ، މަސައްކަތްކޮށް އަދި އެހެނިހެން ކަންތައްތައް ކުރުމަށް އިތުރު ފުރުސަތުތައް ހުޅުވިގެން ދާނެކަމަށް އުންމީދުކުރާކަމަށް ވެސް މަހުމޫދު ވިދާޅުވި އެވެ. 

ރާއްޖޭގެ ގިނަ ގޭބިސީތަކަށް މިހާރު ދިރާގު ފައިބާ ބްރޯޑްބޭންޑް އަޕްގްރޭޑްގެ އިތުރު ސްޕީޑް އަދި ޑޭޓާ ތަޖުރިބާ ކޮށްލެވޭނެ ކަމަށް ދިރާގުން ބުނެ އެވެ. އަދި ފައިބާ ބްރޯޑްބޭންޑް ހިދުމަތް ލިބޭ ހުރިހާ ރަށެއްގައި ދިރިއުޅޭ ކަސްޓަމަރުންނަށް މި ޕެކޭޖްތައް ތަޖުރިބާ ކޮށްލުމުގެ މަގުފަހިކޮށްދިނުމުގެ މަސައްކަތް އެކުންފުނިން މިހާރު ދަނީ ކުރަމުން ކަމަށް ދިރާގުން ބުނެ އެވެ.  

އެގޮތުން 16 ރަށެއްގައި މިހާރު ދިރާގުން ދަނީ ނެޓްވޯކް ކެޕޭސިޓީ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ފައިބާ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކް އެވެ.  

އެގޮތުން އަގު، ކޮލިޓީ އަދި ސްޕީޑަށް އެއްވެސް ތަފާތުކުރުމެއް ނެތި މިހާރު ރާއްޖޭގެ ގޭބިސީގެ 76 އިންސައްތައަށް އަދި 61 ރަށަށް މި ހިދުމަތްފޯރުކޮށްދެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް