ads
އައްޑޫސިޓީ ހިތަދޫ--
ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
އައްޑޫސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެމައްސަލައާ ގުޅިގެން 30 އަހަރާއި 19 އަހަރުގެ ދެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހަވީރު ހައްޔަރުކޮށްފައިވާ ކަމަށެވެ. 

އުމުރުން 48 އަހަރުގެ ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕް ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ އިއްޔެ ހެނދުނު އެވެ.

އެ މައްސަލަ ފުލުހުން މިހާރު ތަހުގީގުކުރަމުން އަންނައިރު މިފަހަކަށް އައިސް ޖިންސީ ގޯނާއި ރޭޕްގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. އެ ފަދަ މައްސަލަތައް ރިޕޯޓްކުރާ މިންވަރު ވެސް ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް