ads
އޮޕްރޭޝަނަލް ރެސްޕޮންސް އިތުރު ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުން--ފޮޓޯ:އެޗްއީއޯސީ
ކޮވިޑް-19ގެ އޮޕްރޭޝަނަލް ރެސްޕޮންސް އިތުރު ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި
ކޮވިޑް-19 ގެ ކޭސްތަށް ފެންނަ މިންވަރު އިތުރުވަމުންދަތީ އެކަމާއި ގުޅޭ މަޝްވަރާތަށް ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީން) ކޮށްފި އެވެ.

މިއަދު އެޗްއީއޯސީން ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ކޮވިޑް-19 ގައި ފެންނަ ޕޮޒިޓިވް ކޭސްތަށް މެނޭޖްކުރާނެގޮތާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ. މީގެ އިތުރުން ކުރިއަށް އޮތްތަނުގައި އަތޮޅުތަކުން ފެންނަ ކޭސްތަކާއިމެދު ކަންކުރާނެ ގޮތްތަކާއިމެދު މަޝްވަރާކޮށްފައި ވެއެވެ. އަދި އަތޮޅުތަކުގައި ބައްޔާއި ގުޅިގެން އޮޕްރޭޝަނަލް ރެސްޕޮންސް އިތުރު ކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައި ވެއެވެ.

އެޗްއީއޯސީން މިގޮތަށް މަޝްވަރާކޮށްފައިވާއިރު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވެ، ހާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ. މަލޭގެ އިތުރުން އަތޮޅުތަކުންވެސް ޕޮޒިޓިވް ކޭސްތަށް ފެންނަ މިންވަރު ދަނީ އިތުރުވަމުންނެވެ. އެގޮތުން މާލެއިން ހއ. ކެލާއަށް ދަތުރުކުރި އެރަށުގެ ސަވާރީ ބޯޓުން ޕޮޒިޓިވްވި މީހުންނާއި ގުޅިގެން، ހދ. ނޮޅިވަރަންފަރާއި ހއ. ދިއްދޫ އަދި އެ އަތޮޅު ވަަށަފަރުގެ އިތުރުން އިހަވަންދޫ ވެސް މިހާރު އޮތީ މޮނިޓަރިންގަ އެވެ. މީގެ އިތުރުން މާފުށީގައި ހޯމް އައިސޮލޭޝަންގައި ތިބި ދެ މީހެއްވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ރަށްރަށުން ކޮވިޑް ކޭސްތަށް ފެންނަން ފަށާފައިވާއިރު، އަނެއްކާވެސް ބައެއް ރިސޯޓުތައް ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރަން ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ. އަމީން، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވިދާޅުވީ، ބައެއް ރިސޯޓުތައް ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރަމުން އަންނައިރު އިތުރު ރިސޯޓުތައް މީހުން ކަރަންޓީންކޮށް އައިސޮލޭޓްކުރުމަށްޓަކައި ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.  

 ކޭސްތައް އިތުރުވާ މިންވަރަށް ބަލައި އިތުރު ކަރަންޓީން ފެސިލިޓީތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު ކަރަންޓީންކުރުން ނުވަތަ އައިސޮލޭޓްކުރުމުގައި އެއްވެސް ދައްޗެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވި އެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ބައިވެރިވިގެން ކުރިއަށް ގެންދިޔަ މަޝްވަރާތައް މިއަދު ފަށާފައިވާއިރު އެންމެ ފަހުން ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ މުސްތަފާވެސް ވަނީ މިމަހު ކޮވިޑް ޖެހޭ މީހުންގެ ނިސްބަތް އިތުރުވެގެންދާނެ ކަމަށް ލަފާ ކުރައްވާފަ އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 170 އެއްހާ މީހުން ޕޮޒިޓިވްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވަނީ ވިދާޅުވެފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް