4293
CONFIRMED

DEATHS
2669
RECOVERED
🌏18,224,253
INFECTED
🌏10,865,548
RECOVERED
🌏692,679
DEATH
🌏60%
RECOVERY RATE
ފޮޓޯ: އެސްޓީއޯ
ރާއްޖޭގެ އެކި ހިސާބުތަކަށް 30،000 އަށް ވުރެ ގިނަ ހަނޑޫ ބަސްތާ އެސްޓީއޯ އިން ސަޕްލައިކޮށްފި
Share
ނިިދިޔަ ޖުލައި މަހު 30،000 އަށް ވުރެ ގިނަ ހަނޑޫ ބަސްތާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭގެ އެކި ހިސާބުތަކަށް ސަޕްލައިކޮށްފި އެވެ.
Advertisement

އެސްޓީއޯ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން އަތޮޅުތެރޭގެ އެކި ރަށްތަކަށް 11،559 ހަނޑޫ ބަސްތާ އެކުންފުނިން ވަނީ ސަޕްލައި ކޮށްފަ އެވެ.

އޭގެ އިތުރުން އަތޮޅުތެރެއަށް ޖުލައި މަހު 13،022 ބަސްތާ ފުށުގެ އިތުރުން 3،543 ބަސްތާ ހަކުރު ވެސް އެސްޓީއޯ އިން ވަނީ ސަޕްލައި ކޮށްދީފަ އެވެ. 

ޖުލައި މަހު އެސްޓީއޯ އިން އަތޮޅުތެރެއިން 398 އޯޑަރު ނަގާފައި ވާކަމަށް އެ ކުންފުނިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކަ އެވެ. 

މާލޭ ސިޓީ އިން 2.034 އޯޑަރު ފާއިތުވި މަހު ނަގާފައިވާނެ ކަމަށް އެކުންފުން ބުނެ އެވެ. 

އެގޮތުން މާލެ ސިޓީއަށް 21،542 ހަނޑޫ ބަސްތާ އާއި 14،007 ފުށް ބަސްތާގެ އިތުރުން 4،574 ބަސްތާ ހަކުރު އެސްޓީއޯ އިން ވަނީ ސަޕްލައި ކޮށްފަ އެވެ. 

އެސްޓީއޯ އިން އެކުންފުނީގެ މި އަހަރުގެ ދެވަނަ ކުއާޓާގެ މާލީ ރިޕޯޓް އާންމުކޮށްފައި ވާއިރު، އެ ރިޕޯޓް ދައްކާ ގޮތުން ނިމިދިޔަ ކުއާޓާގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ވަނީ ލިބިފައި އެވެ. އެއީ ތެލުގެ ވިޔަފާރިން ލިބުނު 629 މިލިއަން ރުފިޔާގެ އާމްދަނީ އާއި ތެލުގެ ވިޔަފާރި ނޫން އެހެން ވިޔަފާރިތަކުން ލިބުނު 669 މިލިއަން ރުފިޔާގެެ އާމްދަނީ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް