ads
ކޮވިޑް ވެކްސިން
ކޮވިޑް-19: ރަޝިޔާގައި ވެކްސިން ޖެހުމުގެ ބޮޑު ކެމްޕޭނެއް އޮކްޓޫބަރު މަހު ފަށަނީ
ރަޝިޔާގައި ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ދަށުން ވެކްސިން ޖެހުމުގެ ބޮޑު ކެމްޕޭނެއް އަންނަ އޮކްޓޫބަރު މަހު ފަށަން ނިންމާފައިވާ ކަމަށް އެގައުމުގެ ހެލްތް މިނިސްޓަރު މިކައިލް މުރަޝްކޯ ވިދާޅުވެއްޖެ އެވެ.

ރަޝިޔާގެ މީޑިއާތަކުގައި ހެލްތް މިނިސްޓަރާއި ހަވާލާދީ ބުނެފައި ވަނީ ވެކްސިން ފުރަތަމަ ލިބޭނެ ބަޔަކީ ޑޮކްޓަރުންނާއި ޓީޗަރުންނަށް ކަމަށެވެ. 

މުރަޝްކޯ ވިދާޅުވީ ރަޝިޔާގެ ވެރިރަށް، މޮސްކޯގެ ރިސާޗް ފެސިލިޓީއެއްގައި ވެކްސިންގެ ކްލިނިކަލް ޓްރައިލް ނިމިފައިވާ ކަމަށާއި ގިނަ ބަޔަކަށް ވެކްސިން ޖެހުމުގެ ކެމްޕޭނެއް ކުރިއަށް ގެންދިއުމަށް ސޮއިކުރުމުގެ ތައްޔާރީތައް ވަމުންދާކަމަށެވެ.

ރަޝިޔާގައި ކޮވިޑާއި ދެކޮޅަށް ބޭނުންކުރާ، ފުރަތަމަ ވެކްސިން ބޭނުންކުރުމުގެ ހުއްދަ މިމަހު ލިބޭނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. 

ރަޝިޔާގައި ކޮވިޑާއި ދެކޮޅަށް މާ އަވަސް ފިޔަވަޅުތަކެއް އަޅަން އުޅޭ ކަަމަށް ބުނެ ތަޖުރިބާކާރު ފަރާތްތަތކުން ކަންބޮޑުވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. 

އެގޮތުން އެމެރިކާގެ މަޝްހޫރު، އިންފެކްޝަސް ޑިޒީޒް އެކްސްޕާޓެއް ކަމަށްވާ ޑރ. އެންތޮނީ ފައުސީ ވިދާޅުވީ ރަޝިޔާ އަދި ޗައިނާގައި އެ ވެކްސިން މީހުންނަށް ދިނުމުގެ ކުރިން ވެކްސިން ޓެސްޓު ކޮށްފައިވާ ކަމަށް އުއްމީދުކުރާ ކަމަށެވެ. ޑރ. ފައުސީ އިތުރަށް ވިދާޅުވީ ރައްކާތެރި އަދި ބައްޔާއި ދެކޮޅަށް މަސައްކަތްކުރުމުގައި ރަނގަޅު ނަތީޖާއެއް ލިބޭނެ ފަދަ ވެކްސިނެއް އަހަރުގެ ނިޔަލަށް އެމެރިކާގައި ތައްޔާރުކުރެވޭނެ ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި އެހެން ގައުމުތަކުން މާ އަވަހަށް ވެކްސިނެއް ތައްޔާރުކޮށް، ވެކްސިން ހޯދުމަށް އެހެން ގައުމުތަކަށް ބަރޯސާވާން ޖެހިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެކްސިން ތައްޔާރު ކުރަމުންދާއިރު 20 އަށް ވުރެ ގިނަ ވެކްސިން މިހާރު ވަނީ ކްލިނިކަލް ޓްރައިލްގަ އެވެ.  

މިދިޔަ މަހު ޔޫކޭ، އެމެރިކާ އަދި ކެނެޑާގެ ސެކިއުރިޓީ ސާވިސަސް އިން ބުނީ ކޮވިޑްއާ ދެކޮޅަށް ވެކްސިނެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރަމުންދާ ބައެއް ޖަމިއްޔާތަކުގެ މައުލޫމާތު ވަގަށް ހޯދުމަށް ރަޝިޔާގެ ހެކިންގް ގްރޫޕެއް މަސައްކަތް ކޮށްފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ނަމަވެސް ރަޝިޔާގެ އެމްބެސަޑަރު ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. 

ދާދި ފަހުން ޔޫކޭގެ އޮކްސްފޯޑު ޔުނިވާސިޓީގައި ތައްޔާރުކުރެވުނު ޓްރައިލް ވެކްސިނުން ދިފާއީ ނިޒާމު ރައްކާތެރިކުރުމަށް އެހީވެދޭ ކަމަށް ވަނީ ދައްކާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް