ads
ބަޔަކު ޗުއްޓީއެއްގައި ރަށަށް ފުރަނީ-- ފޮޓޯ: އަވަސް
މާލެ އަންނަ ދޯނިފަހަރުން މީހުން މާލެ ނުފައިބަން އެދިއްޖެ
މާލެ އަންނަ ދޯނިފަހަރުތަކުން މީހުން މާލެއަށް ފައިބާ ނުހެދުމަށް ޑރ. ނަޒްލާ ރަފީގް އެދިވަޑައިގެންފި އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، މާލެ އަންނަ ދޯނިތަކުން އެއްވެސް މީހަކު މާލެ ފައިބާ ނުހެދުމަށް އެދޭ ކަމަށާއި ދޯންޏަށް އެެއްޗެހި އެރުވުމަށްދާ މީހުން ވެސް ދޯނީގައި ތިބޭ މީހުންނާއި ދިމާނުވެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. 

ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސްކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ އެއްވެސް މީހެއްގެ ކިބައިން ބަލީގެ އަލާމާތް ފެނިއްޖެނަމަ ވީއެންމެ އަވަހަކަށް ޓެސްޓް ކުރުން މުހިއްމު ކަމަށެވެ. 

މި ފަހުން ވަނީ މާލެ އައި އުތުރުގެ ދެ ބޯޓަކުން ކޮވިޑަށް ބަޔަކު ޕޮޒިޓިވްވެފަ އެވެ. 

މާލޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން އަންނައިރު އަތޮޅު ތެރެއިން ވެސް ކޮވިޑްގެ ކޭސްތައް ފެނިފައިވެ އެވެ. އެހެންނަމަވެސް ޑރ. ނަޒްލާ ވިދާޅުވީ، އަތޮޅު ތެރޭގައި ކޮވިޑް ފެތުރިފައިވާ ކަމަށް އަދި ނުބެލެވޭ ކަމަށެވެ.

އެއީ އަތޮޅު ތެރެއިން ފެނިފައިވާ ކޭސްތަކަކީ މާލެއިން އިމްޕޯޓެޑް ކޭސްތައްކަމަށް ވިދާޅުވި އެވެ. 

ޑރ. ނަޒްލާ ވިދާޅުވީ، އަތޮޅުތެރެއިން ބަލި ކޮންޓްރޯލްކުރުމަށް މިވަގުތު ކުރަމުންދާ އެންމެ މުހިއްމު މަސައްކަތަކީ މާލެއިންދާ މީހުން 14 ދުވަސްވަންދެން ކަރަންޓީންކުރުން ކަމަށެވެ.

އެގޮތުން މީހުން ކަރަންޓީންކުރަނީ 14 ދުވަހުގެ ތެރޭގައި އެމީހެއްގެ ގައިން ބަލީގެ އަލާމާތްތައް ފެނޭތޯ ބެލުމަށް ފަހު ބައްޔަށް ޓެސްޓްކުރުން ކަމަށެވެ. އަދި ބަލީގެ އަލާމާތް ނުފެނުނަސް 14 ދުވަސް ހަމަވުމުން ޓެސްޓްކޮށް ބަލި ހުރެެއްޖެނަމަ ރަށުގެ އެހެން މީހުންނާއި ބައްދަލުވިޔަ ނުދީ ވަކިން ބައިތިއްބާ ކަމަށެވެ. 

އެހެންކަމުން ކަރަންޓީންގެ މުއްދަތުގައި އެހެން އެއްވެސް މީހަކާއި ބައްދަލުނުކޮށް އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް