ads
ފޮޓޯ:ސީއެންއެމް
މުޒާހަރާކުރަނީ އެމްއެމްޕީއާރުސީ ހިިޔާނާތުގެ މައްސަލަތަކާ ގުޅުން ހުރި މީހުން: އިކްރާމް
އިދިކޮޅުން ބާއްވަމުން އަންނަ މުޒާހަރާތަކަށް ނިކުންނަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅުން ހުރި މީހުން ކަމަށް ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

ސީއެންއެމްގެ އިތުރު ކާފު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިކްރާމް ވިދާޅުވީ އިދިކޮޅުން މަގުތައް މައްޗަށް ނިކުމެ އެ އުޅެނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އާ ހެދި ކަމަށެވެ. އަދި މި މުޒާހަރާތައް އެ ކުރަނީ އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅުން ހުރި ފަރާތްތައް ކަމަށާއި އެމީހުން މުޒާހަރާ އެ ކުރަނީ އެ މައްސަލަ ސަރުކާރުން ބަލަން ފެށުމުން އެކަމާ ބިރުން އެ މައްސަލަތަކުން ސަލާމަތްވާނެ ގޮތެއް ހޯދުމަށް އޭނާ ވިދާޅުވި އެވެ.

އިކްރާމް ވިދާޅުވީ މުޒާހަރާތަކަށް ނިކުމެ، އިސްތިއުފާއަށްް ގޮވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް ކަމަށާއި އޭގެ ބަދަލުގައި އިދިކޮޅު ޕާޓީގެ ޒިންމާއަކީ ސަރުކާރުން ކުރާ ގޯސް ކަންތައްތައް ފާހަގަކޮށް އެކަންކަން ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަން ފާހަގަކުރުން ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި މަގުތައް މަތި ހަލަބޮލި ކުރުމަށް ނިކުމެ އުޅުމަކީ އެއްވެސް ހާލެއްގައި ޒިންމާދާރު ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

އިކްރާމް އިތުރަށް ވިދާޅުވީ މިއަދުގެ މި ހާލަތު ބަދަލު ކުރުމަށްޓަކައި އިދިކޮޅުން ރަނގަޅު ވިސްނުންތަކެއް ހިފައިގެން އެއް މޭޒެއްގެ ދަށަށް އައިސް މަޝްވަރާތަކުގައި ބައިވެރިވުމަށް އެދޭކަމަށެވެ. އަދި ގައުމު މިހާލަތު ނޫން އެހެން ހާލަތަކަށް ގެންދިއުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އިދިކޮޅުގެ އެއްބާރުލުން ބޭނުންވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މީގެ އިތުރުން މުޒާހަރާގެ ތެރޭގައި ފުލުހެއްގެ ގަޔަށް ހަންޕުޑު ޖެހި މައްސަލާގައި އިކްރާމް ވިދާޅުވީ އެއީ މަތިން ޖެހި ކުޅެއް ކަމަށް އިދިކޮޅުން ބުނި ނަމަވެސް އެއީ އެ މުޒާހަރާގެ ތެރެއިން ހިނގާފައިވާ ކަމެއް ކަމަށެވެ. އަދި މުޒާހަރާ ނުބޭއްވި ނަމަ އެފަދަ ހަޑި މުޑުދާރު އަމަލެއް ނުހިނގާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

އިދިކޮޅުން ކޯލިޝަންގައި ހިމެނޭ ޕީޕީއެމުގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ސީއެންއެމް އަށް ވިދާޅުވީ ވަޅު އީދު ދުވަސް ނިމުމާއި އެކު އަނެއްކާވެސް މުޒާހަރާތައް ފަށާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް