ads
ހުރަވީ ބިލްޑިންގްގެ ފާރުތަށް ރެދުލާ އެއިމާރާތް ވަނީ ވަރަށް ބޮޑަށް ވީރާނާވެފައި----
ޓްރާންސްޕޯޓް އޮތޯރިޓީ ހިނގަމުންދާ އިމާރާތް ބަދަލުކޮށްފި
ޓްރާންސްޕޯޓް އޮތޯރިޓީ ހިނގަމުންދާ އިމާރާތް ބަދަލުކޮށްފި އެވެ.

ޓްރާސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ޓްރާންސްޕޯޓް އޮތޯރިޓީ ހިންގަމުންދާނީ މ. ޗަނބޭލީވިލާގެ ފުރަތަމަ ފަންގިފިލާ ކަމުގަ ކަމަށެވެ. އެއީ ކުރީގެ ސްޓާ ސިނަމާ ހުންނަ އިމާރާތެވެ.

މިހާރު އެ އޮތޯރިޓީގެ މަސައްކަތްތައް ހިންގަމުންދަނީ ހުރަވީ ބިލްޑިންގެ ދެވަނަ ފަންގިފިލާގައެވެ. އެ އިމާރާތައް ގިނަދުވަސްތަކެއް ވުމުގެ ސަބަބުން އިމާރާތް ވަނީ ވަރަށް ބޮޑަށް ރެދުލާ ހަލާކުވެފައެވެ.

ހުރަވީ ބިލްޑިންގްގެ ފާރުތަށް ރެދުލާ ވަރަށް ބޮޑަށް ވީރާނާ ވުމުގެ ސަބަބުން އެއިމާރާތުގެ ފާރުތަކުގެ ބައިބައި ނައްޓާގެންގޮސް ވެއްޓި، އެ އިމާރާތުގެ ކައިރީގައި ޕާކްކޮށްފައި ހުންނަ ސައިކަލްތަކަށާއި ބައެއް މީހުނަށް އެކި ކަހަލަ ގެއްލުންތައް ވަނީ ލިބިފަ އެވެ.

ޓްރާސްޕޯޓް މިނިސްޓްރީންވަނީ އެ ތަން ބަދަލުކުރަން މީގެ ކުރިންވެސް މަސައްކަތް ކޮށްފައެވެ. އަދި އިމާރާތެއް ހޯދަން ދެފަހަރެއްގެ މަތިން އެ މިނސްޓްރީން އިއުލާން ކޮށްފައިވެސް ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް