ads
ތިން މަހުގެ މެދުކެނޑުމަކަށް ފަހު ބޯޑަރު ހުޅުވުމުން ރާއްޖެއަށް މިއަދު ފަތުރުވެރިން އައުން- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ކޮވިޑްގެ އަލާމާތް ހުންނަ ފަތުރުވެރިންނާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލު ބަދަލުކޮށްފި
ރާއްޖެއަށް އަންނަ ބަލީގެ އަލާމާތް ހުރި ފަތުރުވެރިންނާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފި އެވެ.

އެޗްޕީއޭއިން އިސްލާހުކުރި ގައިޑްލައިންގައި ބުނީ ރާއްޖެ އަންނަ ފަތުރުވެރިއެއްގެ ފަރާތުން ހުން ނުވަތަ ހެލްތް ފޯމުގައި ހުރި އެއްވެސް އަލާމާތެއް ފެނިފައިވާނަމަ އެއާޕޯޓުގައި ގާއިމުކޮށްފައިވާ ހެލްތު ސްކްރީނިން އޭރިއާގެ ޑޮކްޓަރަކަށް ދައްކަން ޖެހޭނެ ކަމަށެވެ. އަލާމާތްތަކުގެ ތެރޭގައި ކެއްސުން، ނޭވާ ކުޑަވުން، ކަރު ސަކަރާތް ވުން ހިމެނެ އެވެ. އަދި އެފަދަ އަލާމާތްތައް ނުފެނުނު ނަމަވެސް ބަލި ވެއްޖެ ކަމަށް ފަތުރުވެރިޔާ މައުލޫމާތު ދީފައިވާނަމަވެސް އަމަލު ކުރަން ޖެހޭނީ އެފަދައިން ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

އެޗްޕީއޭއިން އިތުރަށް ބުނީ ފަތުރުވެރިންގެ ކިބައިން ކޮވިޑް-19 ގެ އަލާމާތްތައް ފެންނަ ކަމަށް ވާނަމަ އޭނާގެ ސާމްޕަލް ނަގައި، ކޮވިޑަށް ޓެސްޓު ކުރެވޭނެ ކަމަށެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބެންދެން އޭނާ ހުންނަންޖެހޭނީ އައިސޮލޭޝަންގައި ކަމަށް ބުންޏެވެ.

ކްލިނިކަލީ ސްޓޭބަލް މީހެއް ނަމަ ޓެސްޓުގެ ނަތީޖާ ލިބެންދެން ފަތުރުވެރިޔާ ދާން އުޅުނު ރިސޯޓު ނުވަތަ ޓްރާންސިޓް ފެސިލިޓީއެއްގައި އައިސޮލޭޓް ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި ސްޓޭބަލް ނޫންނަމަ ހާއްސަކޮށްފައިވާ ހޮސްޕިޓަލެއްގައި އައިސޮލޭޓް ކުރެވޭނެ އެވެ.

ބަލީގެ އަލާމާތް ފެންނަ ފަތުރުވެރިން އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިއުމަށް ހާއްސަ އެންބިއުލެންސްއެއް ނުވަތަ ވޭންއެއް ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އެފަދަ ފަތުރުވެރިން ވަކިން ގެންދިއުމަށާއި ގިނަ ބަޔަކުނަމަ ކޮންމެ މީހެއްގެ ދެމެދުގައި ތިން ފުޓް ހުންނަން ޖެހޭނެ ކަމަށްވެސް ބުނެ އެވެ. އަދި ކޮންޓެކްޓުން ގެންދާއިރު ކޮންމެ މީހެއްގެ ދެމެދުގައި އެއް މީޓަރު ހުންނަން ވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

އޭގެ އިތުރުން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.  

އެޗްޕީއޭއިން ބުނީ ކޮވިޑަށް ޕޮޒިޓިވް ވެއްޖެނަމަ 14 ދުވަހަށް އައިސޮލޭޓް ކުރެވޭނެ ކަމަށާއި ބަލީގެ އަލާމާތް ނުފެންނަ ތިން ދުވަހަށްވެސް އައިސޮލޭޓް ކުރެވޭނެ ކަމަށެވެ. ޓެސްޓު ނެގެޓިވްވާ ފަތުރުވެރިން ކަރަންޓީނުން ދޫކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި އަލާމާތްތައް ފެންނަނަމަ މާސްކް އަޅާ، އިޖްތިމާއީ ގައިދުރުކަން ދަމަހައްޓާ، 48 ގަޑިއިރުވަންދެން މީހުން އެއްވެ އުޅޭ ތަންނަށް ނުދިއުމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ކޮވިޑް ޖެހިފައިވާ މީހަކާއި ކޮންޓެކްޓް ވެފައިވާ މީހުންނަށާއި ބޭރު ގައުމަކުން ރާއްޖޭގެ ރިސޯޓަކަށް އަންނަ ސްޓާފުންނާއި މެދު އަމަލު ކުރާނެ ގޮތުގެ އުސޫލު ވެސް ވަނީ ބަދަލުކޮށްފަ އެވެ. 

އޭގެ އިތުރުން ރިސޯޓުތަކާއި ރަށްރަށުގެ ދެމެދުގައި ދަތުރުކޮށް އުޅޭ ސްޓާފުންނާއި ކުރު މުއްދަތަކަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަން އަންނަ މީހުންނާއި ދެމެދުގައި އަމަލު ކުރާނެ ގޮތުގެ އުސޫލަށްވެސް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި އޮރިއަންޓޭޝަން އަދި ޓްރެއިނިންގް ގެ އުސޫލަށާއި ރިސޯޓެއްގައި ކަރަންޓީނު ކުރާނެ ގޮތުގެ އުސޫލަށް ބަދަލު ގެނެސްފައިވާއިރު ރިސޯޓަކުން ކޮވިޑްގެ ކޭހެއް ނުވަތަ އެ ބައްޔަށް ޝައްކު ކުރެވޭ ކޭހެއް ފެނުމާއި އެފަދަ ކޭސްތަކުގައި މީހުން އައިސޮލޭޓް ކުރާނެ އުސޫލުތަކަށް އެޗްޕީއޭއިން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އަދި ގެސްޓްހައުސްތަކުގައި ސިއްހީ މަރުކަޒުތައް ކުރިއަށް ގެންދާނެ ގޮތާއި މެދު އަމަލު ކުރަންޖެހޭ ގޮތް އިއުލާންކޮށްފައިވާއިރު ކޮންޓެކްޓް ޓްރޭސިންގް އަދި ކޮންޓެކްޓުން މެނޭޖް ކުރާނެ ގޮތާއި ގުޅިގެން އަމަލު ކުރަންޖެހޭނެ ގޮތުގެ މައްޗަށް އާ ސެކްޝަނެއް އެ ގައިޑްލައިންގައި ހިމަނާފައިވެ އެވެ.

އިސްލާހު ކުރެވުނު ގަވާއިދުގައި ކޮވިޑްއާއި ގުޅިގެން ސާފުކުރުމާއި ޑިސްއިންފެކްޓު ކުރާނެ ގޮތްތަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް