ads
ޝުޝާންތާއި ޝިދާތު:--
ސުޝާންތު ރޮއިފަ ބުނީ، އަހަރެންގެ އެކަކުވެސް މިދުނިޔެއަކު ނެތޭ: ސިދާތު
މަޝްހޫރު އެކްޓަރު އަދި އަމިއްލައަށް މަރުވި ކަމަށް ތުހުމަތުކުރާ ސުޝާންތު ސިންގް ރާޖުޕުތުގެ ވާހަކަތައް މުޅި ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ގިނަ ބަޔަކު ގަބޫލްކުރާގޮތުގައި އޭނާ އެނިންމުން ނިންމަންޖެހުނީ ބޮލީވުޑުގައި ގެންގުޅޭ ތަފާތު ކުރުންތަކުގެ ސަބަބުން ކެތް ނުވެގެންނެވެ.

ފިލްމީ ދާއިރާގައި އޭނާ ހޭދަކުރި ދުވަސްތަކުގައި އޭނާ ކިތަންމެ ރަނގަޅު މަސައްކަތެއް ކުރިޔަސް ބަލައި ނުގަންނަ ކަމަށާއި އަބަދުވެސް މަސައްކަތުގެ ކުރެޑިޓް ދެނީ މަޝްހޫރު ތަރިންނަށް ކަމަށް ދެކެވޭ ވާހަކައިގެ އަޑުވެސް ގަދަވެފައިވެއެވެ.   

ސުޝާންތުގެ ގާތް ރައްޓެއްސެއް ކަމަށްވާ ސިދާތު ޕިތާނީ ވަރަށް ފަހުން ދިން އިންޓަވިއުއެއްގައި ބުނީ، "އަހަރެންގެ އެކަކުވެސް މި ދުނިޔޭގައި ނެތޭ" ސުޝާންތު ބުނި ކަމަށެވެ. އަދި އޭނާ ބޭނުންވީ ސިޓީގެ ދިރިއުޅުން ދޫކޮށް ދަނޑުވެރިކަމުގެ މަސައްކަތް ކުރަން ކަމަށެވެ. 

"ޒޫމިން" އަށް ދިން އިންޓަވިއުއެއްގައި ސިދާތު ބުނީ ޖެނުއަރީ މަހު ސުޝާންތު އޭނާއަށް ގުޅާފައި އައުމަށް އެދުނު ކަމަށެވެ.

"އަހަރެމެން ދެމީހުން އާ މަސައްކަތެއް ފަށާނީ. ވާޗުއަލް ރިއާލިޓީ ފީލްޑުގައި މަސައްކަތް ކުރެވިދާނެ އަދި އިތުރު މަސައްކަތެއްވެސް. ޖޮބް ދޫކޮށްލާފައި އާދޭ، އަހަންނަށް އެނގޭ ސިދާތު އަކީ މިކަމަށް އެންމެ އެކަށޭނެ މީހާކަން. އަހަރެން ސިދާތަށް މިހާރު ތި ލިބޭ ވަރަށް ޕޭކުރާނަން،" ސުޝާންތު ބުނި ކަމަށް ސިދާތު ބުނެ އެވެ. 

ސިދާތު ބުނީ އޭނާ އޭރު މަސައްކަތް ކުރަމުން އައި ކުންފުންޏާއި އޭނާ އުޅެމުން އާ އެޕާޓްމެންޓް ވެސް ދޫކޮށްލާފައި ސުޝާންތުގެ ކައިރިއަށް ދިޔަ ކަމަށެވެ. އެގެޔަށް ދެވުނު އިރު ސުޝާންތު ފެންނަނީ ވަރަށް ހިތްދަތި ވެފައިވަނިކޮށްކަމަށާއި، އޭނާ ވަނީ ރޮމުން ތިމަންނާގެ އެކަކުވެސް ނެތް ކަމަށް ބުނެފައި ކަމަށެވެ. 

އޭނާ ބުނި ގޮތުގައި ސުޝާންތު ބޭނުންވީ ވަރަށް ސާދާ ދިރިއުޅުމެއް ކަމަށާއި މީހުންގެ ބައިބޯވުމުން އޭނާއަށް އުނދަގޫވާ ކަމަށެވެ. 

ސިދާތު އިތުރަށް ބުނީ، "މިއީ ހުސް އެކްޓަރުން ކަމަށާއި އެމީހުން އެންމެން ކުރަނީ އެކްޓިން" ކަމަށް ސުޝާންތު ބުނި ކަމަށް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް