ads
މޭވާ ކޮށާފައި ހުރި ބޯ ތައްޓެއް
މޭވާއާ އެކު އެހެން ބާވަތްތައް ކެއުން ރައްކާތެރިބާ؟
މޭވާގެ ބާވަތްތަކަކީ ކޮންމެ މީހެއްގެ ޑައެޓުގައި ހިމެނުން މުހިއްމު ބާވަތްތަކެކެވެ. ނިއުޓްރިއަންޓްސް އިން މުއްސަންދި މި ކާނާއަކީ ސިއްހީ އެތައް ބައްޔެއް ޖެހުމުން ރައްކާތެރިކޮށްދޭ ކާނާއެކެވެ. ނަމަވެސް މިފަދަ ކާނާގެ ފުރިހަމަ ފައިދާތައް ލިބުމަށްޓަކައި މޭވާ ކާ ވަގުތު އެހެނިހެން ބާވަތަކުގެ ކާނާ ކެކުމަކީ ގެއްލުން ހުރިކަމެއްކަން ކިޔާދޭނަމެވެ.

އިންޑިއާގެ ޑޮކްޓަރެއްކަމަށްވާ، ޑރ. ޑީޕާ އަޕްޓް ބުނެފައިވަނީ މޭވާ ކާ ވަގުތު ޑެއިރީ އަދި ތަރުކާރީގެ ބާވަތްތަށް ހިމެނުމަކީ ހަށިގަނޑުގައި ޓޮކްސިން (ވިހަ) އުފެދުމަށް މަގުފަހިވާ ކަމެއްކަމަށެވެ. މިއީ ހަށިގަނޑުގައި މޭވާ ފުރިހަމައަށް ހަޖަމް ނުވެ، ނިއުޓްރިއަންޓްސް ހަށިގަނޑުން އެބްސޯބް ނުވުމުގެ ސަބަބުންނެވެ. މިއީ ގޭސް އެރުން ދިމާވާ ކަމެކެވެ.

މޭވާ ކެއުމަށްޓަކައި ވަކި ވަގުތެއް އޮވޭ ހެއްޔެވެ؟

ޑރ. އަޕްޓް ބުނާ ގޮތުގައި މޭވާ ކެއުމަށް އެންމެ ރަނގަޅު ވަގުތަކީ ކެއުމުގެ ވަގުތުތަކުގެ މެދުތެރޭގައި އެއްޗެއް ކާން ބޭނުންވާ ވަގުތެވެ. 

ދުވަހުގައި ނަގާ ނާސްތާތަކުގެ ދެމެދުގައިވާ ވަގުތު ބަނޑުހައި ވަނީ ހަށިގަނޑުގައި ހުންނަން ޖެހޭ ވަރަށް ވިޓަމިންސް އަދި މިނަރަލްސް ނުހުރުމުން ކަމަށް އޭނާ ބުނެއެވެ. އެގޮތުން ދެ ނާސްތާއެއްގެ ދެމެދުގައި މޭވާ ކެއުމަކީ އެފަދަ މައްސަލަތަކަށް ހައްލެއް ގެނެސްދޭނެ ކަމެއް ކަމަށް އޭނާ ބުނެއެވެ. ސައިބޮއިގެން އިރުކޮޅެއް ކޮށްފައި 11:00 ނުވަތަ މެދުރުގެ ނާސްތާއަށްފަހު ހަވީރު 4:00 ހާއިރު މޭވާ ކެއުން ރަނގަޅުވާނެ ކަމަށްވެސް އޭނާ ބުނެއެވެ.

ދެ ނާސްތާގެ ދެމެދުގައި މޭވާ ކާ ނަމަވެސް ނާސްތާ ނަގާ ގަޑީގައި މޭވާ ކެއުމަކީ އެހާ އެދެވިގެންވާ ކަމެއް ނޫން ކަމަށް ޑރ. އަޕްޓް ބުނެއެވެ. މިއީ ހަށިގަނޑުގައި ކާ އެއްޗެހި ހަޖަމްވުމުގައި މައްސަލަ ދިމާވެދާނެ ކަމެއް ކަމަށް އޭނާ ބުނެއެވެ. ޑރ. އަޕްޓް ބުނީ މޭވާ ކާން ބޭނުން ނަމަ ނާސްތާ ނެގުމުގެ 30 – 40 މިނެޓް ފަހުން ކެއުން ރަނގަޅު ކަމަށެވެ.

ކިރު ފަދަ ޑެއިރީގެ ބާވަތްތަކާއި އެކު މޭވާ ނުކެއުމަށް ޑރ. އަޕްޓް އިރުޝާދު ދީފައިވެއެވެ. ސަބަބަކީ ކިރު އަދި ޔޯގަޓު ފަދަ ބާވަތްތަކާއި އެކު މޭވާ ކެއުމަކީ ހަންގަނޑަށް އެހާ އެދެވިގެންވާ ކަމެއް ނޫން ކަމަށް ޑރ. އަޕްޓް ބުނެއެވެ. އަދި އެއީ ހަންގަނޑުގެ މައްސަލަތައް ދިމާވާން މަގުފަހިވާނެ ކަމެއް ކަމަށްވެސް އޭނާ ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް