ads
ވީޑިއޯއިން ފެންނަ ބުޅާ--
މި ބުޅާ ވާހަކަ ދެއްކުމުން ގިނަ ބަޔަކު ހައިރާންވެއްޖެ
ދާދި ފަހުން ސޯޝަލް މީޑިއާގައި އާންމުވި ބުޅަލެއްގެ ވީޑިއޯއަކީ ގިނަ ބަޔަކު ހައިރާން ކޮށްލި ވީޑިއޯއެކެވެ. އެވީޑިއޯގައި ބުނާ ބުނަނީ "ވެލް ހާއި" ކަމަށް ގިނަ ބަޔަކު ބުނެއެވެ.
ދާދި ފަހުން ސޯޝަލް މީޑިއާގައި އާންމުވި ބުޅަލެއްގެ ވީޑިއޯއަކީ ގިނަ ބަޔަކު ހައިރާން ކޮށްލި ވީޑިއޯ އެކެވެ. އެ ވީޑިއޯގައި ބުނާ ބުނަނީ "ވެލް ހާއި" ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

ޓިކްޓޮކް އަދި އިންސްޓަގުރާމު މެދުވެރިކޮށް ހިއްސާކޮށްފައިވާ އެ ވީޑިއޯއިން އެ ބުޅާ ފެނިގެން ދަނީ އެހެން ބުޅަލަކާ ދުރަށް ދިއުމަށް ދުވެފައިދާ މަންޒަރެވެ. އަދި ދުވެފައި ގޮސް ފްރިޖެއްގެ ފަހަތުގައި ފިލި މަންޒަރު ފެނިގެން ދެއެވެ.

ބުޅާގެ ވެރި ފަރާތް ކެމެރާ އާއެކު ބުޅާ ކައިރިއަށް ދިއުމުން އެ ބުޅާ ވަނީ އެމީހާ ހައިރާންކޮށްލާފަ އެވެ. އެގޮތުން ބުޅާ "ވެލް ހާއި" އެހެން ބުނެފައި ވެއެވެ.

އެ ވީޑިއޯ ބެލުމަށް ފަހު ގިނަ ބަޔަކު ވަނީ ކޮސްވެފަ އެވެ. އަދި އެބުޅާ ހަގީގަތުގައި ވެސް އެ ބުނަނީ އެހެން ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ. އަދި އެ ވީޑިއޯއަށް ކޮށްފައި ހުރި ބައެއް ކޮމެންޓަކަށް ބަލާއިރު ގިނަ ބަޔަކު ވަނީ އެމީހުން ގެންގުޅޭ ބުޅާ ވެސް ބައެއް ފަހަރު އެފަދަ ބަސްތައް ބޭނުން ކުރާ ކަމަށް ބުނެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް