ads
ފޮޓޯ: އެމްޑަބްލިއުއެސްސީ
އެމްޑަބްލިޔުއެސްސީގެ ފެކްޓްރީގައި ހޮޅި އުފައްދާތާ ފަސް އަހަރު!
ރާއްޖޭގައި ބައިނަލް އަޤުވާމީ ފެންވަރުގައި ހޮޅި އުފައްދާ ހަމަ އެކަނި ފެކްޓަރީ ހުރީ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ގަ އެވެ.

އެކުންފުނި އުފެދުނުތާ މިހާރު 25 އަހަރު ވެފައިވާ އިރު، ކުންފުނިން ރައްޔިތުންނަށް ލުއިވާނެ ގޮތަށް ތަފާތު އެކި ހިދުމަތްތައް ވެސް ދަނީ ދެމުންނެވެ. ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، މިއަދު އެމްޑަބްލިޔުއެސްސީ އަކީ އުފެއްދުންތެރިކަމުގެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.

އެގޮތުން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް މަސައްކަތަކީ 2015 ވަނަ އަހަރު ކ. ގުޅީފަޅުގައި އެކުންފުނިން ގާއިމް ކޮށްފައިވާ ހޮޅި އުފައްދާ ކާރުހާނާ އެވެ.އެ ކާރުހާނާއިން ހޮޅި އުފައްދަނީ ޖަރުމަނުގެ "ކުރައުސް މާފެއި" ބްރޭންޑްގެ ޒަމާނީ ފެންވަރުގެ މެޝަނަރީ އާއި އަދި ޔޫރަޕްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ވާވިން" ޓެކްނޮލޮޖީ ބޭނުންކޮށްގެން، އީ.އެން އަދި އައި.އެސް.އޯ ސްޓޭންޑާޑަށް ފެތޭގޮތަށް ކަމަށް އެކުންފުނިން ބުނެ އެވެ. 

އަދި ހޮޅީގެ ކޮލިޓީ ޓެސްޓުކުރެވޭނެ ލެބޯޓްރީއެއްވެސް އެ ކާރުހާނާގައި ގާއިމުކޮށްފައިވާއިރު އެ ކާރުހާނާއަކީ 2015 ސެޓިފައި ކުރެވިފައިވާ ކާރުހާނާ އެކެވެ. އެމްޑަބްލިޔުއެސްސީގެ އެ ކާރުހާނާއިން އުފައްދާ އެކި އެކި ސައިޒުތަކުގެ ހޮޅި، ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތްތަކާއި މަގު ހެދުމާއި ސްޓޯމް ވޯޓާ އަދި ވާރޭފެން ރައްކާކުރުން ފަދަ ތަފާތު އެކި އެކި މަޝްރޫއުތަކުގައި ބޭނުންކުރަމުން އަންނަތާ މިހާރު ފަސް އަހަރުވެފައިވާ ކަމަށެވެ. 

ފެނާއި ނަރުދަމާ ނިޒާމުގެ ހޮޅި އުފެއްދުމުގެ އިތުރުން އެމްޑަބްލިޔުއެސްސީގެ ހޮޅި އުފައްދާ ކާރުހާނާ އިން މިހާރު ވަނީ ފެން ވަޔާ ކުރުމަށް ބޭނުންވާ ޕީވީ.ސީ ޕްރެޝަރު ހޮޅި އުފައްދައި މާކެޓަށް ނެރެން ތައްޔާރުކޮށްފައި ކަމަށާއި އެގޮތުން ހޮޅި އުފެއްދުމުގެ ފަސް އަހަރު ދުވަހުގެ ތަޖުރިބާއާއެކު، ދިވެހި މާކެޓަށް އަދި ގެދޮރު އިމާރާތްކުރުމުގެ ސިނާއަތަށް އަމާޒުކޮށް އެމްޑަބްލިޔުއެސްސީ އިން ތައާރަފް ކުރާ ޕީވީސީ ޕްރެޝަރު ހޮޅި އަކީ ރާއްޖޭގެ މާކެޓުގައި އެންމެ އާންމު އަދި އެންމެ މަގުބޫލު ތައިލޭންޑްގެ ސްޓޭންޑާޑް ކަމުގައިވާ "ތައި ސްޓޭންޑާޑް" އަށް ފެތޭ ގޮތަށް ތައްޔާރު ކުރާ ފެންވަރު ރަނގަޅު ހޮޅިއެއް ކަމަށެވެ. 

އޭގެ އިތުރުން އެމްޑަބްލިއުއެސްސީ އިން ބުނީ ބޭރުން ހޮޅި ގެނައުމުގެ ބަދަލުގައި، ރާއްޖޭގެ އަމިއްލަ އުފެއްދުމެއް، ރާއްޖޭގެ މާކެޓުން ހޯލްސޭލްކޮށް ލިބެން ހުރުމާއި، އަދި އެކަމުގެ ސަބަބުން، ސްޓޯރޭޖްއާއި ވެއާހައުސިންގެ ހަރަދުތައް ކުޑަކުރުމަށް މަގުފަހިވެގެން ދާނެ ކަމެއް ކަމަށް ދެކޭ ކަމަށެވެ. އަދި އެ އުފެއްދުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ވެސް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށާއި ފެނާއި ނަރުދަމާގެ މަސައްކަތްތަކަށް ވެސް އެކުންފުނިން އުފައްދާ އަންޕްލާސްޓިސައިޑް ޕޮލިވިނަލް ކުލޭރައިޑް (ޔޫ.ޕީ.ވީސީ) ހޮޅިއާއި، އަދި ހައި-ޑެންސިޓީ ޕޮލެނެތެލީން (އެޗްޑީ.ޕީ.އީ.) ޕްރެޝަރު ހޮޅިއަކީ ޔޫރަޕްގެ ސްޓޭންޑާޑް ކަމުގައިވާ "އީ.އެން" އާއި އަދި އައި.އެސްއޯ ސްޓޭންޑާޑަށް ފެތޭހެން އުފައްދާ ހޮޅި ނަރުދަމާ ނިޒާމުގެ މަސައްކަތަށް ބޭނުންކުރުމަށް ތިން އިންޗި އާއި ހަ އިންޗި ޑައިމީޓު އާއި ދެމެދު ގެ ސައިޓްތަކުގެ ހޮޅި އުފައްދާ ކަމަށެވެ. 

އަދި އެ ކާރުހާނާ ހިންގާ ބަލަހައްޓަމުން އަންނަނީ %100 ދިވެހި މުވައްޒަފުންކަމަށާއި އެ ކާރުހާނާގެ މަތީ ފަންތީގެ ފަންނީ މުވައްޒަފުންނަކީ މުޅިން ވެސް ދިވެހިން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް