ads
ވެލާނާގެ-- ފޮޓޯ: ސީއެންއެމް
ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފި
ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި މާދަމާއިން ފެށިގެން މިމަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރަން ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ހަތަރެއް އޮގަސްޓުން ހަ ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމާފައިވާ ކަމަށެވެ. 

އަދި އެ މުއްދަތުގެ ތެރޭގައި ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރިއަށް ގެންދިއުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް ދިނުމަށް ވެސް ރައީސް އޮފީހުން އަންގަ އެވެ.

މިފަހުން ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެ މާލެ ސަރަހައްދުގެ މަގުތަކަށް ނިކުންނައިރު މާސްކް އެޅުމަށް ވެސް ވަނީ މަޖުބޫރުކޮށްފަ އެވެ. އެކަމަކު ހަރުކަށި ފިޔަވަޅު ނާޅާތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ސަރުކާރުގެ އޮފީސްތައް ދެ ދުވަހަށް ބަންދުކުރަން ނިންމިއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ޕޮޒިޓިވްވާ މީހުންނާއި ކޮންޓެކްޓްވި މީހުން އެންމެ ބޮޑަށް ފާހަގަކުރެވިފައި ވަނީ އޮފީސްތަކުންނެވެ. 

އެހެންވެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ވަނީ އެތަންތަނުގައި އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުމަށް އިންސްޕެކްޝަނެއް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

ގާތްގަނޑަކަށް ތިން މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު ސަރުކާރުގެ އޮފީސްތައް ހުޅުވާފައި ވަނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހެވެ. މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން އޮފީސްތައް ބަންދުކޮށްފައި އޮތީ އީދު ޗުއްޓީ އަށެވެ. އަދި މާދަން އަލުން އޮފީސްތައް ހުޅުވޭ ގޮތަށް އޮތްނަމަވެސް މިވަނީ އިތުރު ދެ ދުވަހަށް ބަންދުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް