ads
ބީއެމްއެލް--
ބީއެމްއެލުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތަކުން މާދަމާވެސް ހިދުމަތް ދޭނެ
ބީއެމްއެލް ބްރާންޗް ތަކާއި ސާވިސް ސެންޓަރުތަކުން މާދަމާވެސް ހިދުމަތް ލިބޭނެކަމަށް ބީއެމްލް އިން ބުނެފި އެވެ.

ބީއެމްއެލްއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ މާލޭ ސަރަހައްދުތަކުގެ މެއިން ބްރާންޗްތަކުގެ ހިދުމަތާއި ސާވިސް ސެންޓަރުތަކުން މާދަމާވެސް ހިދުމަތް ލިބޭނެކަމަށެވެ.

ބީއެމްއެލްއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ބޭންކްގެ ހިދުމަތް ހޯދުމަށް ގިނަ ބަޔަކު އައިސް ބޭރުގައި މަޑުކުރަން ޖެހުމާއި، ގިނަ ބަޔަކު ކިއުގައި ތިބެން ޖެހުމުގެ ސަބަބުން ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުންދާ މި ދަނޑިވަޅުގައި ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިވުމަށްޓަކައި ބޭންކަށް އައުމުގެ ބަދަލުގައި ގޭގައި ތިބެގެން އިންޓަނެޓުން އާއި މޯބައިލް ބޭންކިންގެ މެދުވެރިކޮށް ނޫނީ ސެލްފް ސާވިސް މެދުވެރިކޮށްގެން ހިދުމަތް ހޯދުމަށެވެ. 

ކޮންމެހެން ބޭންކަށް އައިސްގެން ހިދުމަތް ހޯދަން ޖެހިއްޖެ ނަމަ ގޭގައި ތިއްބަވާގެން ޓޯކަން ނަންބަރު ނެގުމަށް ފަހު ނަންބަރާއި ޖެހުމުން އައުމަށާއި އަދި ކޮންމެހެން ބޭނުންވެގެން ނޫންގޮތަކަށް ބުރާންޗްތަކާއި ސާވިސް ސެންޓަރުތަކަށް ހިދުމަތް ހޯދުމަށް ނުދިއުމަށް ވެސް ބީއެމްއެލުން އެދެ އެވެ.

ބީއެމްއެލްއިން ބުނީ ކަސްޓަމާ ސާވިސް ސެންޓަރުތަކަށް ހިދުމަތް ހޯދަން އަންނަ ނަމަވެސް ކުރިން ކަންތައް ކުރާ ގޮތަށް "ކިއުބީ" މެދުވެރިކޮށް ޓޯކެން ނަގާގެން އައުމަށް އެދޭކަމަށެވެ.  

ކޮވިޑް -19ގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ގައިދުރުކަން ބެހެއްޓުމަށް ޓަކައި ކޮންމެ ދުވަހަކަުވެސް ބީއެމްއެލުން ހިދުމަތް ދެމުންދާނީ 300 ކަސްޓަމަރުންނަށެވެ. ކޮވިޑް 19 އިން ރައްކާތެރި ވުމުގެ ގޮތުން ވަރަށް ގިނަ ދުވަސްތަކަކަށް އޮންލައިންކޮށް ހިދުމަތް ދިނުމަށް ފަހު ބީއެމްއެލްގެ ހިދުމަތް ސެންޓަރުތަކުން ފަށާފައިވަނީ ލޮކްޑައުންއަށް ފަހު ދެވުނު ލުއި ތަކަށް ފަހުއެވެ.

އޭރު ބޭންކުތަށް ހުޅުވާލުމަށް ފަހު ސަލާމަތާއި ރައްްކާތެރިކަމަށްޓަކައި ބީއެމްއެލްއިން ވަނީ މާލޭ ސަރަހައްދުތަކުގެ މެއިން ބްރާންޗްތަކުގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ގޭގައި ތިބެގެން ޓޯކަން ނަންބަރު ކިއުބީ އިން ނެގޭނެ ގޮތް ފަހިކޮށްދީފައެވެ.

ބޭންކްގެ ހިދުމަތްދޭ ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ފެެށިގެން 12 އަށް "ކިއުބީ" އެޕްލިކޭޝަން މެދުވެރިކޮށް ޓޯކަން ނަންބަރު ނެގޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

މި ހިދުމަތް ތައާރަފްކޮށްފައި ވަނީ މާލޭ މެއިން ބްރާންޗްގައާއި، ކަސްޓަމާ ސާވިސް ސެންޓަރާއި، މާލެ ބިޒްނަސް ސެންޓަރާއި، ބީއެމްއެލް ހުޅުމާލެ ބްރާންޗް އަދި ވިލިގިލި ބްރާންޗްގެ އިތުރުން ބީއެމްއެލް އިސްލާމިކް ބްރާންޗްގެ ހިދުމަތް ހޯދާ ފަރާތްތަކަށެވެ. 

ބީއެމްއެލް އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ކޮވިޑް-19ގެ ރިސްކު ކުޑަކުރުމަށް ބިޒްނެސް ސެންޓަރުތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ކުރީ ބައިގައި ބުކް ކުރާ އެޕޮއިންޓްމެންޓްތަކަށް ކަމަށާއި އެޕޮއިންޓްމެންޓް އަށް ރިކުއެސްޓު http://link.bml.com.mv/appointment އިން ކުރެވޭނެކަމަށެވެ.

ބީއެމްއެލްގެ ހިދުމަތްތަށް މާދަމާވެސް ލިބޭނެކަމަށް ބުނެފައިވާއިރު ރައީސް އޮފީހުން ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މާދަމާއިން ފެށިގެން މިމަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމާފައިވާ ކަމަށެވެ. 

އަދި އެ މުއްދަތުގެ ތެރޭގައި ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރިއަށް ގެންދިއުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް ދިނުމަށް ވެސް ރައީސް އޮފީހުން އަންގަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް