ads
ބިދޭސީ މީހަަކު ގައިން ސާމްޕަލް ނަގަނީ-- ފޮޓޯ: ސީއެންއެމް
މިއަދު ރަނގަޅުވީ 27 މީހުން
ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިތުރު 27 މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި މައުލޫމާތަށް ބަލާއިރު އިއްޔެ ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު އުޅެނީ 2643 ގައި ނަމަވެސް މިއަދު ރަނގަޅުވި މީހުންގެ އަދަދު ވަނީ 2670 އަށް އަރާފަ އެވެ. 

އިތުރު 27 މީހުން، މިއަދު ބަލިން ރަނގަޅުވިއިރު މިއަދު އެކަނި ވެސް 129 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ. 

މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި 1013 މީހަކު ތިބިއިރު ހޮސްޕިޓަލް ތަކުގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު އުޅެނީ 92 ގަ އެވެ. 

މިހާރު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވެސް ވަނީ 4100 އަށް ވުރެ މައްޗަށް އަރާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް