ads
ހުޅުމާލޭ މެޑިކަލް ފެސިލިޓީ--
ކޮވިޑް-19: ފަސް މީހަކު އައިސީޔޫގައި، ވެންޓިލޭޓަރުގައި ދެ މީހަކު!
މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓް ކުރެވިގެން ފަރުވާދޭ ފަރާތްތަކުގެ ތެރެއިން ފަސް މީހަކު އައިސީޔޫގައި އޮތްއިރު ދެމީހަކަށް ވެޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ މިހާތަނަށް ފަސް މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެވެމުންދާ ކަމަށެވެ.

އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި އެކަކަށް ފަރުވާދެމުން އަންނައިރު، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަސް މީހަކަށް އައިސީޔޫގައި ފަރުވާ ދެވެމުންދެމުން އަންނަ ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދިޔަ ފަސް ފަރާތުގެ ތެރެއިން ދެ މީހަކަށް ވެންޓިލޭޓަރުގައި މިހާރު ފަރުވާދެމުން ދާކަމަށެވެ.

ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭ ފަރާތްތަކަށް ބަލާއިރު، ޑީއެޗް 16 ގައި ދެ މީހަކަށް މިވަގުތު ފަރުވާދެވެމުންދެ އެވެ.

އަދި ށ. ފޮނަދޫ ކޮވިޑް ފެސިލިޓީގައި އެކަކަށް ފަރުވާދެމުންދާއިރު ބ. އޭދަފުށީ ކޮވިޑް ފެސިލިޓީގައި އެކަކަށް އަދި ހުޅުމާލެ ކޮވިޑް ފެސިލިޓީގައި 87 މީހަކަށް މިހާތަނަށް ފަރުވާދެމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެއާއެކު އެޑްމިޓްކޮޑްގެން ފަރުވާދެމުންދާ މީހުންގެ އަދަދު އުޅެނީ 92 ގަ އެވެ. 

އޭގެ އިތުރުން ފުލޫ ކުލިނިކުތަކަށް ވޭތުވެދިޔަ 24 ގަޑައިރު ތެރޭގައި 186 މީހަކު ޑޮކްޓަރަށް ދައްކާފައި ވާއިރު 139 ސާމްޕަލް ނަގާފައިވާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ. 

މިހާތަނަށް 4293 މީހުނަށް މިބަލި ޖެހިފައިވާއިރު ބަލީގައި 18 މީހަކު ވަނީ މަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް