ads
މާލޭގެ މަގުމަތި--
މާސްކް ނާޅާއި އުޅުނު 73 މީހަކު ޖޫރިމަނާކޮށްފި
މާސްކް އެޅުން މަޖުބޫރުކުރި ފަހުން މާލޭގެ މަގުތަކުގައި މާސްކް ނާޅާއި އުޅުނު 73 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މިރޭ ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، މާސްކް ނާޅާއި އުޅުނު 272 މީހަކަށް ފުލުހުން މިއަދު ނަސޭހަތްތެރިވެ، 52 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. 

އަދި މިހާތަނަށް ޖުމްލަ 645 މީހަކަށް ނަސޭހަތްދެވުނުއިރު 73 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މާސްކް އަޅަން މަޖުބޫރުކުރުމާއެކު މާސްކް ނާޅާއި އާންމު ތަންތަނުގައި އުޅޭ މީހުން 1000 ރުފިޔާއިން ޖޫރިމަނާކުރަން ވަނީ ނިންމާފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މާސްކް ނާޅާއި މީހުން ޖޫރިމަނާކުރަމުން އަންނައިރު އެ ދުވަހު ވެސް ހަތަރު މީހަކު ޖޫރިމަނާކުރި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް